ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް-- ފޮޓޯ/ އެމްޑީޕީީ
ހަބަރު
31 Jul 2023 | 12:13
ކޮވިޑުގެ ހާލަތުގައި ރައީސް ޞާލިހު ފިތިވަަޑައިގެންދިޔައިރު ގައިން ނުކުތީ މީރު ފޮނި މާމުއި: ސިޔާމް

ކޮވިޑް19 ގެ ވަބާ ރާއްޖެއަށް ކުރިމަތިވެ، ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް "ފިތިގެން" ދިޔަ ކަމަށާއި އެކަމަކު އެވަގުތު އެމަނިކުފާނުގެ ގައިކޮޅުން އައީ ފޮނި މީރު މާމުއި ކަމަށް އެމްޑީއޭގެ ލީޑަރު، އަދި ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕޭނަށް ރޭ ޏ. ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ފޮނި އެއްޗެއް ފިތާލުމުން، އެއިން ނުކުންނާނީ ފޮނި ކަމަށެވެ. އަދި އެއީ އެއްވެސް ޝައްކެއްނެތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އެހެންވީމާ އަޅުގަނޑުމެން (ކޮވިޑް ތެރޭގައި) ފިތިގެން ދިޔަ ވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފިތިގެން ދިޔައީ. ފިތިގެން ދިޔަ ވަގުތު އެމަނިކުފާނުގެ ގައިން އައީ ކޯއްޗެއްތޯ؟ މާމުއި!. މީހުންނަށް ދެއްކޭނެ. އަދި އުފާވާނެ. ކަރަށް ރަހަލާނެ. ރީތި މާމުއި. އަޅުގަނޑު ދޮގު ހަދައިގެން ވާހަކަ ދައްކާކަށް ނުޖެހޭނެ. މިއީ ހަގީގީ ވާހަކަ. ހުރިހާ ބޭފުޅުންނަށްވެސް އެނގޭނެ. 

އަހުމަދު ސިޔާމް 

ސިޔާމް ވިދާޅުވީ ރައީސް ސޯލިހާ އެކު މަޖިލީހުގައި 20 އަހަރު ހޭދަ ކުރެވިފައިވާ ކަމަށެވެ. އަދި އޭރުވެސް އެކި ބޭފުޅުން އެމަނިކުފާނާއި ދިމާއަށް "ފުއްމައިގެން އަރާ" ކަމަށާ އެހެން ނަމަވެސް އެމަނިކުފާނު ހަޑިހުތުބަހުން މުއާމަލާތް ނުކުރައްވާ ކަމަށެވެ. ސިޔާމް ވިދާޅުވީ ރައީސް ޞާލިހަކީ ބަސް މަދު އަހުލާގު ރަނގަޅު ބޭފުޅެއް ކަމަށެވެ. 

"އޭރުވެސް ޕާލަމެންޓުގައި ފުންމަފުންމައިގެން އެމަނިކުފާނު އަރިހަށް ދާނެ. ރުޅިވެސް އަންނާނެ. ހަޑި އެއްޗެހި ވެސް ކިޔާ. އެމަނިކުފާނު ދުވަހަކު ވެސް މީހަކާ ދިމާލަށް ހަޑިއެއްޗެއް ނުބުނޭ. ރުޅިއެއް ވެސް ނާދޭ، އަޅުގަނޑު ބުނަން މަނިކުފާނު ރުޅި ނާންނަނީ ހޭ؟ ކީއްކުރަންހޭ ތިމަންނަ ރުޅި އަންނަން ވީ. ތިމަންނާ އެއްކޮށް ހުރެ އެއްކޮށް ހަލާކު ވާންވީކީ."

އަހުމަދު ސިޔާމް 

ސިޔާމް ވިދާޅުވީ ރައީސް ސޯލިހު ވަނީ ދިވެހިންނަށް ކުރިމަތިވި އެތައް ދަތި ހުރަސްތަކެއް ނައްތާލަ ދެއްވާފައި ކަމަށެވެ. އެމްޑީއޭ އިން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކުރިއަށް ދިއުމަށް ނިންމީ އެފަދަ އެތައް ސަބަބުތަކަކާ ގުޅިގެން ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.

"ދެން އަޅުގަނޑުމެންވީ އެހެން ބޭފުޅަކު ޓެސްޓު ކުރަން. ޓެސްޓުކޮށް ޓެސްޓުން ފާސްވެފައި ހުރި ބޭފުޅަކާއެކު ކުރިޔަށް ދިއުން މާ ރަނގަޅެއް ނޫންތޯ، އިތުރަށް 50 ނޫނީ 40 ޕަސެންޓް ކިހިނެއްތޯ ވާނީ، މީނަ ރަނގަޅުވާނެތޯ، މީނަ ގޯސްވާނެތޯ ބަލާކަށް ނުޖެހޭ ނޫންތޯ؟ މިއަދު މި އޮތީ ރީތި މީރު މާމުއި އަޅުގަނޑުމެންނަށް ލިބިފައި." 

އަހުމަދު ސިޔާމް 

ސިޔާމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލާއިރު އެ ހުރިހާ ކަމަކަށް ވެސް ވިސްނަން ޖެހޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.