ނަރުދޫގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
01 Aug 2023 | 12:34
ރާއްޖެއަށް ބަދަލެއް ގެނެވޭނީ މުޅި ރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނެވިގެން: ރައީސް ޞާލިޙް

ރާއްޖެއަށް ބަދަލެއް ގެނެވޭނީ މުޅިރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނެވިގެން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމަށް ށ. އަތޮޅަށް އެމަނުކުފާނާއި އެމަނިކުފާނުގެ ޓީމުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ނަރުދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަރުދޫއަކީ ކުޑަ އާބާދީއަކަށްވާތީ ކުރީގެ ސަރުކާރުތަކުން މާއެކަށީގެންވާ ގޮތެއްގައި އެރަށް ބަލައިގެންފައިނުވާ ކަމަށް ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މިދައުރުގެ ކުރިން ދިޔަ ދައުރުގައި ނަރުދޫގައި ހިންގާފައިވަނީ އެންމެ ދެ މަޝްރޫޢު ކަމަށާއި އެކަހަލަ ކިތަންމެ ރަށެއް ފާހަގަވެފައިވާ ކަމަށް ރައީސް ޞާލިޙްގެ ވާހަކައިގައި ވިދާޅުވިއެވެ.

"ރާއްޖެއަށް ބަދަލެއް ގެނެވޭނީ މުޅި ރާއްޖެއަށް ބޮޑު އިންޤިލާބީ ބަދަލެއް ގެނެސްގެން، ވަކި ރަށެއްގަ ވަކި ބަޔަކަށް ކަމެއް ކޮށްގެނެއް މުޅި ރާއްޖެއަކަށް ބަދަލެއް ނާދޭ، މިއަދު ތިބޭފުޅުންނަށް، އަރާ ކޮންމެ ރަށަކުން ތިފެންނަނީ އެބަދަލު ގެންނަމުންދާ މަންޒަރު" ރައީސް ވިދާޅުވިއެވެ.

ކުރިއަށް މިއޮތް ތިން ހަތަރު އަހަރެއްގެ ތެރޭގައި މުޅި ރާއްޖެއިން މިބަދަލު ފެނިގެންދާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ލަފާފުރުމުގެ ދަތިކަމަކީ ނަރުދޫފަދަ ކުދި ރަށްރަށުގައި އޮތް ވަރަށް ބޮޑު ދަތިކަމެއް ކަމަށާއި، އަދި ނަރުދޫއިން ފެންނަނީ އެކަމަށް ހައްލު ހޯދަމުންދާ ތަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގެ ވޯޓަކީ މިފެށިފައިހުރި މަސައްކަތްތަކާއިގެން ކުރިއަށްދާނިތޯ ނުވަތަ އަނެއްކާވެސް އޭރު ދުށް 2014 އިން 2018ގެ ތާރީޚުގެ ތެރެއަށް އެނބުރި ދާނީތޯ ނިންމާ ނިންމުމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.  

އަދިވެސް ވާދަވެރިންގެ ގޮތުގައި ނުކުނަންއޮތީ ޕީޕީއެމް ކަމަށާއި، ވިސްނުން ތެރިކަމާއި އެކު މިކަން ނުކޮށްފިނަމަ އަނެއްކާވެސް އެނބުރި ދާންޖެހޭނީ އެއަނިޔާވެރިކަމާއި އަނދިރިކަމުގެ ތެރެއަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނަރުދޫގައި ބޭއްވުނު ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި ބައެއް މަޖްލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.