އިމްރާން އަބްދުالله-- ފޮޓޯ/ އެމްޑީޕީ
ހަބަރު
01 Aug 2023 | 14:17
ޑރ. ޖަމީލް ރަނިންމޭޓަކަށްވީ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ނިޔަތުގައި: ޢިމްރާން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ރަނިންމޭޓު ކަން، އެމަނިކުފާނުގެ 2013 ވަނަ އަހަރުގެވެސް ރަނިންމޭޓު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ގަބޫލުކުރެއްވީ، ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ނިޔަތުގައި ކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ ޓީމު ށ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު މިލަންދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ، ރައީސް ޔާމީން އަށް ވާދަނުކުރެވޭ ހާލަތެއްގައި އިދިކޮޅުު ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެރެން މަޝްވަރާ ފަށާފައިވާތީ އެކަމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން އިމްރާން ވިދާޅުވީ، ޕީޕީއެމުން އުޅެނީ ކެންޑިޑޭޓަކު ކަނޑައަޅާނެ ފޯމިއުލާއެއް ނުނެރިވެގެން ކަމަށެވެ. އެހެނީ "އެބޭފުން (އިދިކޮޅު) ވަރަށް ވިސްނަވާފައި، ވަރަށް ހިސާބު ޖައްސަވާފައި ނިންމެވި ކެންޑިޑޭޓު އޮންނެވީ ޖަލުގައި" ކަމަށާއި ރަނިންމޭޓަކަށް ނެންގެވި ބޭފުޅާ "އޮތީ ޖަލު ދޮރުމަތީގައި" ކަމަށް އިމްރާން ވިދާޅުވި އެވެ. 

"އަޅުގަނޑު ކުޑަކުޑަކޮށް ބަލާލިން ކިހިނެއްތޯ ރަނިންމޭޓުކަން މި ހިނގަނީ. ބަލާލި އިރު މިވާ ގޮތަކީ ޖަލުގައި އޮތް ކެންޑިޑޭޓެއްގެ ރަނިންމޭޓުކަން ބަލައިގަންނާނެ ހަމަ އެކަކު ވެސް ނުވި އުޅެއުޅެ. އެންމެ ފަހުން ގޮސް މި ލިބުނީ އަޅުގަނޑުމެން އަރަބި ބަހުން ކިއާނެ ކަބްޝުލް ފިދާއޭ. މިކަހަލަ ވަގުތުކޮޅުގައި ފިދާއެއްގެ ގޮތުގައި ކަތިލާ ކަންބަޅި." 

ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله 

މިއާއެކު ޢިމްރާން ވިދާޅުވީ ޑރ. ޖަމީލު ރަނިންމޭޓު ކަން ގަބޫލު ކުރެއްވީ ކެންޑިޑެސީގެ ބޭނުމުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަން އެނގިލައްވާތީ ކަމަށްމެވެ. 

އެބޭފުޅާ ނުކުމެ ވަޑައިގެން ރަނިންމޭޓުކަން މި ގަބޫލު ކުރެއްވީ، ހީފުޅުކުރެއްވީ، ރަނިންމޭޓުކަން ގަބޫލު ކޮށްފިއްޔާ، ދެން ކެންޑިޑޭޓު ޖަލުގައި ބާއްވާލީމާ، ތިމަންނައަށްތާއޭ ކެންޑިޑެސީ ލިބެންޖެހޭނީ. އެހެންވެގެން އަސްލު ކެންޑިޑެސީ ގަބޫލު ކުރެއްވީ. 

ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله 

ޖަމީލް އެފަދައިން ހީފުޅުކުރައްވައިގެން ހުންނަވަނިކޮށް، އެމަނިކުފާނާއި މަޝްވަރާ ކުރުމެއްވެސް ނެތި، މިހާރު ޕީޕީއެމް/ޕީއެންސީން ދަނީ އެހެން ކެންޑިޑޭޓެއް ނެރުމަށް މަސައްކަތް ކުރަމުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމުގައިވެސް އިދިކޮޅުުގެ ދެ ބޭފުޅަކު އެއް ކެންޑިޑޭޓަކަށް އެއްބަސް ނުވާ ކަމަށާ، ފޯމު ހުށަހަޅަން ކަނޑައަޅައިފައިވާ ވަގުތު ކުޑަތަންވާ އިރުވެސް އިދިކޮޅު ކޮންގްރެސަށް ކެންޑިޑޭޓެއް ނެރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ކޮމެންޓް
އަރީ
މީނާއަށް ހިތުގައި އޮންނަ އެއްޗެތި ވެސް އެގޭ
01 Aug 2023
ފަހަރި
އެވާހަކަ ބުނީ އިމްރާނުގެ ކަހީނު ރޭގަ،
01 Aug 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.