ރައީސްގެ ކެމްޕެއިން ދަތުރުފުޅެއްގައި ޝިޔާމް ރައީސްގެ އަރިހުގައި
ހަބަރު
03 Aug 2023 | 09:15
"އުމުރުން މިވީހާތަނަށް އިންސާނުންގެ ތެރެއިން ރައީސް ޞާލިހުހާ ކެތްތެރި ވެރިއެއް ނުފެނޭ"

ދުނިޔޭގައި ދުވަސްކޮޅެއް ހޭދަ ކުރެވިއްޖެކަމަށާއި، އެހެން ނަމަވެސް މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފަދަ ކެތްތެރި މީހަކާއި ދިމާނުވާކަމަށް ވިދާޅުވެ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ކޯލިޝަން ހަދައިފައިވާ އެމްޑީއޭގެ ލީޑަރ، އަހުމަދު ސިޔާމް މުހައްމަދު އަނެއްކާވެސް ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފިއެވެ. 

ސިޔާމް މިފަދައިން ވިދާޅުވެ ރައީސަށް ތައުރީފުކުރައްވައިފައިވަނީ، ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިހާބުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިން ހދ ހަނިމާދޫގައި ބޭއްވި ބޮޑު ޖަލްސާގައި ދެއްކެވި ވާހަކަގުޅުގައެވެ. 

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ 5 އަހަރުގެ ވެރިކަމަކީ މިފަހުގެ ތާރީޙެއްގައި ދިވެހިން ދެކުނު އެންމެ އުފާވެރި ދައުރުކަމަށާއި ސިޔާސީ ޚިޔާލް ތަފާތުވުންތަކާއި، ފިކުރުގެ ތަފާތުވުމަކީ ރައީސް ޞާލިހަކަށް މައްސަަލައެއް ނޫންކަމަށެވެ. 

މީގެ އިތުރުންވެސް ރައީސް ސޯލިހަށް ތައުރީފުކުރައްވައި ސިޔާމް އިތުރަށް ވިދާޅުވީ އެބޭފުޅާގެ ސިޔާސީ ހަޔާތުގައި އެކުގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުންގެ ތެރެއިން ކޯލިޝަންގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި، ދަތިތަކާއި، ޝަކުވާތަށް ކެތްތެރި ކަމާއިއެކު އަޑުއަހައި އެއްވެސް މީހަކަށް އަދި ޕާޓީއަކަށް ދެރަގޮތެއް ނުހައްދަވައި އެކީގައި ގޮވައިގެން ގެންގުޅުއްވި ކެތްތެރި ބޭފުޅަކު ރައީސް ސޯލިހު ފިޔަވައި ދެކިނުލައްވާ ކަމުގައެވެ. 

އަޅުގަނޑުގެ އުމުރުން މިވީހާތަނަށް އިންސާނުންގެ ތެރެއިން މިހާ ކެތްތެރި ވެރިއެއް ނުފެނޭ. މިއީ ކެތްތެރި ކަމުގެ ލާމަސީލު މިސާލެއް. 

އަހުމަދު ސިޔާމް (ސަން ސިޔާމް)

މި ފަހަކަށް އައިސް ރިޔާސީ ކެމްޕެއިންގެ ޖަލްސާތަކުގައި ޝިޔާމް ގެންދަވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފުކުރައްވަމުންނެވެ. 

އެގޮތުން މި ފަހުން ފުވައްމުލަކު ސިޓީގައި ބޭއްވުނު ކެމްޕެއިން ޖަލްސާއެއްގައިވެސް ޝިޔާމްވަނީ ކޮވިޑްގެ ދުވަސްވަރު ރައީސް ސޯލިހު ފިތިވަޑައިގެން ދިޔަ ވަގުތު ހަށިގަނޑުން އައިސްފައިވަނީ މާމުއި ކަމުގައި ވިދާޅުވެ، ރައީސަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފައެވެ. 

ކޮމެންޓް
ނަސީމް
ޝިޔާމުމެން ދައްކާވާހަކަތައްޤަބޫލު ކުރާނެ ބަޔަކު މިހާރު ނޫޅޭ!
03 Aug 2023
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.