މުއިއްޒު އާއި އާދަމް ޝަރީފް އުމަރު
ހަބަރު
03 Aug 2023 | 10:55
ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވަނީ ޑރ.މުއިއްޒު އަދި އާދަމް ޝަރީފް

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިއްޖެނަމަ، ބަދަލުގައި އިދިކޮޅުން ނެރޭ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަ ކުރައްވަނީ މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކަމަށް ހާމަވެއްޖެއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރުމަށް އެ ޕާޓީން ދާދި ދެންމެ އަކު ފާސްކޮށްފައިވާއިރު, ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އާދަމް ޝަރީފުވެސް އަދި ޑރ.މުއިއްޒުވެސް ކެމްޕެއިން ކުރައްވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ދެބޭފުޅުން ހިމެނޭހެން އިދިކޮޅުގެ އިސް ބައެއް ފަރާތްތައް މިހާރު ވަނީ ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.  

ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައި ވަނީ އެ ޕާޓީގެ ސެނެޓުގެ 47 މެންބަރުންގެ ތެރެއިން 44 މެމްބަރުންގެ އިއްތިފާގުންނެވެ. ޕީއެންސީގައި މިވަގުތު 3159 އާންމު މެމްބަރުން ތިބެއެވެ. 

އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ޕީއެންސީ އިން ކެންޑިޑޭޓަކު ނެރުމާއި މެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު، ޕީޕީއެމް/ޕީއެންސީގެ ލީޑަރ ރައީސް ޔާމީން އަށް ދިނުމަށް ނިންމާފައިވާ ކަމަށާ، ޕީޕީއެމް/ޕީއެންސީ ގެ މުހިންމު ބޮޑެތި ނިންމުންތައް ނިންމުމުގައި ރައީސް ޔާމީންގެ ލަފާ އާއި މަޝްވަރާ ހޯދާނެ ކަމަށެވެ. އެހެންކަމުން އެކަން ކުރިއަށް ދަނީ ރައީސް ޔާމީންގެ ލަފާއާއި އެކުގައި ކަމަށް އެ ކޯލިޝަނުން ބުނެއެވެ. 

ރައީސް ޔާމީން މިވަގުތު ހުންނެވީ، ވ. އާރަށް ކުއްޔަށް ދިނުމާއި ގުޅޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރައްވަން ޖަލުގައެވެ. އެހެންކަމުން އެމަނިކުފާނުގެ ކެންޑިޑެސީ އާއި މެދު ގިނަ ސުވާލު ތަކެއް ވަނީ އުފެދިފައެވެ.

އަދި އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުން އީސީން ވަނީ އެ ބަލައި ނުގަންނަން ވެސް ނިންމާފައެވެ. އިދިކޮޅުން މިހާރު އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ ކޯޓުން މައްސަލަ ބަލައި ގަނެ، އީސީ އަށް ޖަވާބުދާރީ ވާން ވަގުތު ދީފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.