މުއިއްޒު އާއި އާދަމް ޝަރީފް އުމަރު
ހަބަރު
03 Aug 2023 | 14:28
ޕީއެންސީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅީ އާދަމް ޝަރީފާއި މުޢިއްޒު: ޕީޕީއެމް

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިއްޖެނަމަ، ބަދަލުގައި އިދިކޮޅުން ކެންޑިޑޭޓަކު ހޮވުމަށް ނިންމައި، ހުޅުވާލި ފުރުސަތުގައި، ޝައުގުވެރިކަން ފާޅުކުރެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކަމަށް ޕީޕީއެމުން ބުނެފި އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރަން ނިންމާފައި ވަނީ އެ ޕާޓީގެ ސެނެޓުގެ 47 މެންބަރުންގެ ތެރެއިން 44 މެމްބަރުންގެ އިއްތިފާގުންނެވެ. އެއާއެކު އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔުން ހުށަހެޅުމުގެ ފުރުސަތު މިއަދު 2:00 އާ ހަމައަށް ހުޅުވާލައި، ވަގުތު ހަމަވިއިރު ހުށަހެޅީ މުޢިއްޒު އާއި އާދަމް ޝަރީފް އުމަރު ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ. 

މުއިއްޒު ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް، ކުރިން ހުންނެވި ޕާޓީ، ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއާއި ގުޅިވަޑައިގެންނެވީ މިއަދުއެވެ. 

ޕީއެންސީން ބުނީ ޝައުގުވެރިކަން ފާޅުކުރައްވާ ފަރާތްތަކުގެ ތެރެއިން އެ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވާނެ ފަރާތެއް ކަނޑައަޅާނީ މިއަދު ހަވީރު 16:00 ގައި ބާއްވާ ޕާޓީގެ މަޝްވަރާ މަޖިލީހުންކަމުގައެވެ. 

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށްޓަކައި ކުރީގެ ރައީސް ޔާމީން ގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް އެ ކޮމިޝަނުން ވަނީ އެމަނިކުފާނުގެ ކެނޑިޑެސީ ބަލައިނުގަތުމަށް ނިންމައިފައެވެ. 

އެއާއެކު އެ މައްސަލަ ކޯލޝަނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައި، މި މައްސަލައިގައި ޖަވާބުދާރީވުމަށް ސުޕްރީމްކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް އަންގައިފައެވެ. 

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންސްގެ ނައިބްރައީސް އިސްމާއިލް ހަބީބް ވަނީ އެ ކޮމިޝަނުގެ ފަރާތުން މިއަދު 15:00 ކުރިން ސުޕްރީމް ކޯޓަށް ޖަވާބުދާރީ ވާނެކަމުގައި ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.