އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު-- ފޮޓޯ/ ޕީއެސްއެމް
ހަބަރު
08 Aug 2023 | 09:10
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ހިތުގެ ބަލިތަކުގެ ފަރުވާ ފަށައިފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކުގެ ޚާއްސަ ފަރުވާ ނުވަތަ ކާޑިއޮލޮޖީގެ ހިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް ފެށުމަށްޓަކާ ކާޑިއޮލޮޖިސްޓް އެހޮސްޕިޓަލުގެ ޚިދުމަތާއި މިދިޔަ ހަފްތާ ތެރޭގައި ގުޅިފައިވާއިރު، މިއީ މިފަދަ ސަބް ސްޕެޝަލިސްޓް ޚިދުމަތެއް އެހޮސްޕިޓަލުގައި ފެށި ފުރަތަމަ ފަހަރެވެ.

މި ޚިދުމަތް އެ ހޮސްޕިޓަލުގައި ފެށުމުގެ އުފަލުގައި، އެ ހޮސްޕިޓަލުން ބުނެފައިވަނީ މިއީ އެ ހޮސްޕިޓަލަށް ތާރީޚީ ދުވަހެއްކަމަށެވެ. އަދި މިފަދަ ޚިދުމަތެއް ފެށިގެން ދިޔުމަކީ އެ ހޮސްޕިޓަލަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ކަމަށާއި އަލަށް މި ފެށުނު ޚިދުމަތާއެކީ ރައްޔިތުންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. 

މިއާއެކު އެ ހޮސްޕިޓަލުން ބުނީ، އެ ތަނުން މިހާރު ތައްޔާރުވަމުން އަންނަނީ އިތުރު އައު ޚިދުމަތްތައްވެސް އެ ހޮސްޕިޓަލުގައި ފެށުމަށް ކަމަށެވެ. އެގޮތުން އިކޯކާޑިއޯގްރާމްގެ ޚިދުމަތާއި، އެމް.އާރު.އައި ޚިދުމަތް ފެށުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އަދި ހަމައެހެންމެ ޓްރޯމާ ސާރޖަރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ލެޕްރޯސްކޮޕިކް ސާޖަރީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުންދާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ރ އަތޮޅުގެ އިތުރުން، އެ ރަށާއި ކައިރި އަތޮޅު ތަކުގެ ރަށްރަށުންވެސް ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެއްކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.