ޑިމޮކްރެޓްސް ގެ ރަނިންމޭޓް އަމްރު
ހަބަރު
08 Aug 2023 | 11:11
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް: އަމްރު

‏ބަސް ބުނުމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ، ޚާއްސަކޮށް އިންތިޚާބުގެ ދުވަސްވަރު، ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ޑިމޮކްރެޓްސް ގެ ރަނިންމޭޓް، ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. 

ދ. ކުޑަހުވަދޫ އަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިއްޔެ ކުރެއްވި ދަތުރުފުޅާ ގުޅުވައި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެންބަރު އަދި ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަޙްމަދު މަޢުރޫފްގެ އަމިއްލަ ގޭގައި ޝުޢޫރު ފާޅުކުރައްވަމުން ދަނިކޮށް ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. 

އަހުމަދު މައުރޫފް, ހައްޔަރު ކޮށްފައި ވަނީ އަމިއްލަ ގޭގެ ޓެރެސްގައި, މައިކް އަކާއި ތާޅަފިއްޔެއް ބޭނުން ކޮށްގެން ޝުޢޫރު ފާޅުކުރައްވަމުން ދަނިކޮށް ކަން އޭނާ ހައްޔަރު ކުރި ވީޑިއޯ އިން އެންގެއެވެ. އަދި ހައްޔަރު ކުރި ފުލުހުން ވަނީ، އެ މަންޒަރު ވީޑިއޯ ކުރާ މީހުންނަށްވެސް ހުރަސް އަޅާފައެވެ. 

އެކަމާއި ގުޅިގެން އަމްރު ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. 

"ކުޑަ ހުވަދޫ ކައުންސިލަރު މައުރޫފް ހައްޔަރު ކުރުމަކީ ހުތުރު ކަމެއް. އަދި މައުރޫފް ވަގުތުން ދުކޮށްލަން ގޮވާލަން." އަމްރު ވިދާޅުވި އެވެ. 

މައުރޫފް ހައްޔަރުކުރި ކުރުން ކުށްވެރި ކޮށް ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ވަނީ، ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވައުދުވަމުން ކަން ފާހަގަކޮށްފައެވެ. 

ނަމަވެސް ދެވަނަ ދައުރެއް ހޯއްދެވުމަށްކަމަށް ވިދާޅުވެ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުގައި ކޮންމެ ރަށަކުންހެން ރައްޔިތުން ނުކުމެ، އިހުތިޖާޖުކޮށް، މިވެރިކަމާމެދު ނުރުހުން ފާޅުކުރަމުންދާ ދިއުން ސަލާމަތީ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ހުއްޓުވަމުން ގެންދަވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. 

މިއާއެކު އެޕާޓީން ބުނީ، އެންމެ ފަހުން ފުވައްމުލަކު ސިޓީއަށްވެސް ރައީސް ޞާލިޙް އަރައިވަޑައިގަތީ، ރަޔަޓުގިޔަރުގައި ތިބި ފުލުހުންނާއި، ސިފައިން ލައްވާ ރައްޔިތުންގެ އޮބަހައްޓައިގެން ކަމަށާ ދ. ކުޑަހުވަދޫ އިންވެސް ރޭ ފެނުނީ އެ މަންޒަރު ކަމަށެވެ.

ޑިމޮކްރެޓްސް އިން ވަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުގައި މި ސަރުކާރާ ދެކޮޅަށް ސުލްހަވެރިގޮތުގައި އަޑު އުފުލަމުންދާ ރައްޔިތުން ހައްޔަރުކުރުންފަދަ އަނިޔާވެރި، ހުދުމުހުތާރު އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.