ނަޑެއްލާގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
08 Aug 2023 | 17:01
މިދިޔަ ފަސްއަހަރަކީ ރާއްޖޭގެ އެންމެ ކުށް މަދު ފަސްއަހަރު: ރައީސް ޞާލިޙް

2018 ވަނަ އަހަރުން ފެށިގެން މިދިޔަ ފަސްއަހަރަކީ ރާއްޖޭގެ އެންމެ ކުށްމަދު ފަސް އަހަރުގެ ގޮތުގައި ރިކޯޑް ކުރެވިފައިވާ ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމަށް ގދ ކުރައްވަމުންދަ ދަތުރުފުޅުގައި އެއަތޮޅު ނަޑެއްލާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށްޓަކައި މުޖްތަމަޢަކީ ކުށާ ދުރުގައި ކުށުގެ ވެށިން ރައްކާތެރިވެފައިވާ މުޖްތަމަޢަތަކަށް ހަދަންޖެހޭ، އޭގެ މަސައްކަތްވެސް ފެށިގެން ކުރިއަށްއެބަދޭ، ވޭތުވެދިޔަ އަހަރުތަކާއި އަޅައިބަލާއިރުގަ، 2018 އިން 2023އަށް މި ދިޔަ ފަސްއަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ކުށް މަދު ފަސްއަހަރުގެ ގޮތުގައި ރިކޯޑް ކުރެވިފައި އެބަހުރި، ކުރިއަށް އޮތް ތަނުގައި  މިކަން އެބަ ދަމަހައްޓަން ޖެހޭ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާއިލީދިރިއުޅުމަށް އުފާވެރިކަން ގެންނަން އެބަޖެހޭ ކަމަށާއި، ފުދުންތެރިކަން ރައްޔިތުންނަށް އިތުރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ފުރުސަތުތައް ހަމަހަމަކޮށް ފަހިވެފައިވާ ޤައުމަކަށް ރާއްޖެ ހަދަން އެބަޖެހޭ ކަމަށާއި، އިޖްތިމާއީ ރައްކާތެރިކަމާއި އިޖްތިމާއީ އެހީ ކޮންމެ ރައްޔިތަކަށް ލިބެން ޖެހޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަންކަން ހާސިލް ކުރެވޭނެ ސިޔާސަތުތައް މިހާރު ކަނޑައެޅިފައިވާ ކަމަށެވެ.

ގދ އަށް ރައީސް ޞާލިޙާއި އެމަނިކުފާނުގެ ރަނިންގމޭޓް މުޙައްމަދު އަސްލަމް މިކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެމްޑީޕީ ކޯލިޝަންގެ އިސް ލީޑަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.