ރޭގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ
ހަބަރު
09 Aug 2023 | 10:44
ރައީސް ޞާލިހުގެ ކެންޕެއިން ޖަލްސާގައި ރަފިއްޔާ އަވަގުރާނަ ގޮވުމުން ހޫނުފެނަށް!

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާއެއްގައި، އެމަނިކުފާނާއިއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނާއިބު ރައީސާ އައިޝަތު ރަފިއްޔާ އަވަގުރާނަ ގޮވުމުން ހޫނުފެނަށް ވެއްޓިއްޖެ އެވެ. 

ރައީސް ޞާލިހުވެސް ބައިވެރިވެވަޑައިގެން ގދ. ގައްދޫގައި ރޭ ކުރިއަށް ދިޔަ ކެމްޕެއިން ޖަލްސާގައި ރަފިއްްޔާ ވަނީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުންގޮސް ހަޑި ހުތުރު ބަހެއް ބޭނުން ކުރައްވާފައެވެ. 

އެގޮތުން ރަފިއްްޔާ ވިދާޅުވީ، ރައީސްކަން ކުރެއްވި ބޭފުޅަކު މާލޭގައި ފެންފޯ ރުއް އިންދެވި ކަމަށާ ނަމަވެސް ފެން ފޯ ރުއް އިންދުމުން ދެން ޖެހޭނީ އެވެނި ގޮތެކޭ ވިދާޅުވެ ވަރަށް ހުތުރު ބަހެއް އޭނާ ބޭނުން ކޮށްފައިވެއެވެ.

ރަފިއްޔާ އެފަދައިން ވުދާޅުވުމުން އެ ޖަލްސާގައި ތިއްބެވި ބައެއް ބޭފުޅުން ވެސް އެކަމާއި ނުރުހުން ވުމުގެ ބަދަލުގައި، އަތްޖަހާ ހީ ހެދި ކަން ފާހަގަކޮށްލަންޖެހެއެވެ. އެއާއެކު އޭނާ އެ ވިދާޅުވި ބަހަށް އިތުރަށް ބާރުދެއްވައި, އެ ދިފާއު ކުރެއްވުމަށް "އެހެން ނޫންތޯ" އޭވެސް ވަނީ ވިދާޅުވެފައެވެ. 

ރޭގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ 

ރަފިއްޔާ އެފަދަ ބަހެއް ބޭނުން ކުރެއްވި އެ ޖަލްސާގައި ރައީސް ޞާލިހުގެ އަރިހުގައި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަބްދުالله އާއި އެމްޑީއޭގެ ނައިބުލީޑަރު މައުރޫފުގެ އިތުރުން ސަރުކާރާއި އެމްޑީޕީގެ ގިނަ ވެރިންވެސް ތިއްބެވިއެވެ.

ރޭގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ 

އެހެންކަމުން ރަފިއްޔާގެ އެ ވާހަކައާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ އެ އޭނާއަށާއި، އެމްޑީޕީީ ކޯލިޝަނަށް ފާޑުކިޔަމުންނެވެ.

އެގޮތުން އެއްބަޔަކުވަނީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން އިންނެވި ޖަލްސާއެއްގައި އެފަދަ ހުތުރު ބަހެއް ބޭނުން ކުރުން ބަލައިނުގަނެވޭނެ ކަމަށާ، މަޖިލީހުގެ ރައީސް އަށް މުޚާތަބު ކުރައްވައި އެހެން ވިދާޅުވި މައްސަލާގައި އޭނާއަށް ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ރަފިއްޔާ ފަދަ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި އުޅޭ މީހުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާއިރު، އެފަދަ ބައެއް މީހުންގެ އެއްވެސް އަދަބެއް ސަދަބެއް ނުހުންނަ ކަމަށް މީހަކު ވަނީ ބުނެފަ އެވެ. 

ހަމައެހެންމެ، އެމްޑީޕީގެ ކެމްޕެއިންގައި ވާހަކަދައްކާ ނަމަ, ރިވެތި ބަހުން ވާހަކަ ދެއްކުމަށާ، އަދަބުވެރިވުމަށްވެސް މީހަކު ވަނީ އޭނާގެ ކިބައިން އެދިފަ އެވެ. އަދި ރަފިއްޔާގެ ވާހަކަތައް ހައްދުން ނައްޓާފައިވާ ކަމަށްވެސް ގިނަ ބަޔަކު ބުނެ، ނުރުހުން ފާޅުކޮށްފައިވެއެވެ. 

އެމްޑީއޭއިން ރައީސް ސޯލިހާއި އެކު ކޯލިޝަން ހެދުމުގެ ކުރިން ރަފިއްޔާ ވަނީ، ކްލަބް ހައުސް ގަޔާއި، މީސްމީޑިއާގެ އެހެން މަންސަތަކުގައި، މިސަރުކާރަށް ނިސްބަތްކޮށް ވެސް ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާފައެވެ. އެގޮތުން އިންޑިއާއަށް ރާއްޖެ އަޅުވެތި ކޮށްފައިވާ ކަމަށް ވިދާޅުވެ ކުލަބު ހައުސްގައި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ގެންދެވީ ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.