ޢިމްރާން އަބްދުالله-- ފޮޓޯ/ އެމްޑީޕީ
ހަބަރު
09 Aug 2023 | 11:47
ވޯޓު ދޭ ގޮތަކުން ރާއްޖެ ދެހާހުގެ ކުރީކޮޅަށް ގޮސްދާނެ: ޢިމްރާން

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދޭ ގޮތަކުން، ދިވެހިރާއްޖެ ދެހާހުގެ ކުރީކޮޅު އޮތް ހާލަތަށް ބަދަލުވެގެން ގޮސްދާނެ ކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ. 

ގދ. ގައްދޫގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވަނީ، ގދ. މަޑަވެލި ކެމްޕެއިން ޖަލްސާ ސަރަހައްދުގައި ރޯކޮށްލައި، ތަނަށާއި ތަކެއްޗައް ގެއްލުން ދިނުމުން އެކަން ކުށްވެރި ކުރައްވާފައެވެ. އަދި މިއީ 2023 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގަންޖެހޭ ގޮތެއް ނޫން ކަމަށާއި މިއަދު ރާއްޖޭގައި ސިޔާސީ މަސައްކަތް ކުރަންވާނީ އެންމެންނަށް ވެސް ސިޔާސީ މަސައްކަތް ކުރުމުގެ ޖާގަ އާއި މާހައުލުދީގެން، ސިޔާސަތު ވިއްކައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު އިމްރާން ވިދާޅުވީ، މިވަގުތު ހުއްޓި ތިބެވެނީ ރާއްޖޭގެ މުޅި ތާރީޚްގެ ވަރަށް މުހިންމު ދަނޑިވަޅެއްގެ ތެރޭގައި ކަމަށް ރާއްޖޭގައި މިހާރު ތިބި ޒުވާނުންގެ ތެރެއިން، އުމުރުން 30 އަހަރާއި 30 އަހަރުން ދަށުގެ ޒުވާނުން ވިސްނާލަން ޖެހޭކަމަށެވެ. 

"ސެޕްޓެމްބަރު 9 ގައި ލެވޭ ވޯޓަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ މުޅި ތާރީޚުގެ ހާލަތަށް ބަލާއިރުގައި، ބޮޑުތަނުން ފަހަތަށް ޖައްސައި ދެހާހުގެ ކުރީކޮޅަށް މިރާއްޖެ އަނބުރާ ގެންގޮސްދާނެ ހިސާބެއް. އަދި އެ ދުވަހުދޭ ވޯޓަކީ، އެ ވޯޓު، އަޅުގަނޑުމެންނާ އެއްކޮޅަށް، ރައީސުލްޖުމްހޫރިއްޔާ އަށް ދެއްވައިފިނަމަ، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި، މި ފަހަރު މި ފެނުނު ގޮތަށް ބަކާ ނަމަ، 5 އަހަރު ތެރޭގައި، 15 އަހަރުގެ މަސައްކަތުގެ ސްޕީޑް ގެންގޮސް ނިންމާނެ ދައުރަކަށް ވެގެން ދާނެ." 

ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله 

އިމްރާން އިތުރަށް ވިދާޅުވީ ރައީސް ޞާލިހަކީ ކެމްޕޭނެއްގައި ވައުދެއް ވެވަޑައިގަންފިނަމަ، އެ ވައުދެއް ރަނުން ރަނަށް ފުއްދަވާ، ބޭފުޅެއް ކަމަށާ2 އެއީ މިއަދު ފެންނަން އޮތް ހަޤީޤަތެއް ކަމަށެވެ.

އެގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި، މިސަރުކާރުން ރަށްތަކަށް ތަރައްޤީ ގެނެސްފައިވާކަން ވާދަވެރި ސިޔާސީ ޕާޓީތަކުގެ މީހުން ވެސް ޤަބޫލުކުރާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ