ރައީސް ޞާލިހު ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
09 Aug 2023 | 12:45
މި ދައުރުގައި މަހަށް ހަމަ އަގު ނުދެވުނީ ކީއްވެގެންކަން ރައީސް ސާފުކޮށްދީފި!

ވެރިކަމުގެ ފުރަތަމަ ދައުރުގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެކަމަށް ވައުދުވި ނަމަވެސް އެކަން ނުކުރެވުނީ ކޮން ސަބަބަކާއި ހުރެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ސާފުކޮށްދެއްވައިފި އެވެ. 

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް އެމްޑީޕީން އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސްވެރިންނަށް އަމާޒުކޮށް ވީ އެންމެ މުހިންމު ވައުދަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގުހޯދައިދިނުމުގެ ވައުދެއެވެ.

އެގޮތުން އޭރު މަސްވެރިން ބާނާ މަސް ކިލޯއަކަށް ސަރުކާރުން (ރައީސް ޔާމީންގެ ސަރުކާރުން) ދެމުން އައީ އެކަށީގެންވާ އަގަށްވުރެ މާ ދަށް އަގެއްކަމަށް އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަނުން ދިޔައީ ބުނަމުން ނެވެ. 

ފިނޭންސް މިނިސްޓަރު އަމީރު ގދ އަތޮޅަށް ކުރެއްވި ކެމްޕޭނު ދަތުރެއްގައި ވިދާޅުވެފައިވަނީ 2018 ގައި އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދެއްވާނެ ކަމަށެވެ. އަދި މަހުގެ އަދު 15 ކިލޯއިން 34 ކިލޯއަށް އުފުއްލައިދެއްވާނެ ކަމަށެވެ. 

އެހެން ނަމަވެސް ދައުރު ނިމެން ކުޑަތަންވެފައިވާއިރު ވެސް އެ ވިދާޅުވާ އަގަށް ސަރުކާރުން މަސް ގަނެފައެއް ނުވެއެވެ. އަދި މަސް ކިލޯއެއްގެ އަގު މިހާރު ވަނީ 15 ކިލޯއަށްވުރެ ވެސް ދަށަށް ވެއްޓިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގދ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅުގެ ފަރެސްމާތޮޑާއަށް ވަޑައިގެން އެ ރަށުގެ މަސްވެރިންނާއި މުޚާތަބުކުރައްވާ ވަނީ ފުރަތަމަ ދައުރުގައި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައި ނުދެވުނު ސަބަބު ސާފުކޮށްދެއްވާފަ އެވެ. 

އެގޮތުން ރައީސް ޞާލިހު ވިދާޅުވީ މަހަށް ހަމައަގުހޯދައިދިނުމަށް ކުރީ ސަރުކާރުން ގެންގުޅުނު ޕްރައިވެޓައިޒޭޝަން ސިޔާސަތަކީ ރަނގަޅު ސިޔާސަތެއް ނޫންކަން މި ދައުރުގައި އެމަނިކުފާނަށް ވިސްނިވަޑައިގެންފައިވާ ކަމަށެވެ. 

އޭގެ އިތުރުން ވެރިކަން ބަދަލުވިއިރު މަސްވެރިންނަށް ނުދައްކާހުރި ގިނަ އަދަދެއްގެ ފައިސާތަކެއް ދަންކަން ޖެހުނުކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެ ހުރިހާ ކަމަކާއި އެކުވެސް ރައީސް ޞާލިހު ވިދާޅުވީ މަހަށް ހަގީގަތުގައި ހަމަ އަގު ހޯދައި ނުދެވުނީ ރާއްޖެއިން ބޭރުގެ މާކެޓުތަކުގައި މަހުގެ އަގުތައް ހުންނަ ގޮތުން ކަމަށެވެ. 

"އަޅުގަނޑަށް މިއަދުވެސް ބޮޑުކުރެވިދާނެ މަހުގެ އަގު. އެކަމަކު ބޭރަށް ވިއްކަން ޖެހެނީ އެއަށްވުރެ މާކުޑަކޮށް. އެ ތަފާތުތަކެއް އެބައުޅޭ. މިހާރު ތި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ބޭރުގެ މަހުގެ އަގު ހުރިގޮތް"

ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މި ދައުރަށް ވައުދުވި ގޮތަށް މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދޭނީ މުޅި ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. 

މަސްވެރިން ބާނާ މަސް ތާޒާކަންމަތީގައި ގަނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، އެކަން ކުރަން ޖެހޭނީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިންކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. އަދި އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ އެކަންކަން ކުރައްވާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
އަބުޅޯ
ހަމަ އަގު ނުދެވުނީ ކީއްވެކަން އަހަރުމެން މަސްވެރިންނަށް އިނގޭ ދޮރީ އިބޫ
09 Aug 2023
ޢިގުބާލު
ރައީސްގެ މަހުގެ އަގު އެރިޔަސް މަސް ވެރިންނަކަށް އެ ފުރުސަތެއް ނުދެވޭނެ ދޯ..😂
17 Aug 2023
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ