ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި މުއިއްޒު ބައްދަލު ކުރައްވަނީ
ހަބަރު
12 Aug 2023 | 11:18
ރައްޔިތުންގެ އެދުމާއި އެއްގޮތަށް ހަނިމާދު އެއަރޕޯޓަށް ސަރުކާރުގެ ފުރިހަމަ ބާރުވެރިކަން ކަށަވަރުކޮށްދޭނަނަން: ޑރ މުއިއްޒު

ހަނިމާދު ރައްޔިތުންގެ އެދުމައި އެއްގޮތަށް އިންޑިޔާގެ ބިޔަ ލޯނު އެހީއެއްގެ ދަށުން ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހި ސަރުކާރުގެ ދަށުގައި އޮންނަ އެއާޕޯޓެއްކަން ޔަގީންކޮށްދެއްވާނެ ކަމުގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުގެ ވިދާޅުވެއްޖެއެވެ. 

ޑރ.މުޢިއްޒުގެ މިފަދައިން ވިދާޅުވީ، ރިޔާސީ ކެމްޕެއިން ދަތުރުތައް ފެއްޓެވުމުގެ ގޮތުން ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ ރަށަކަށް ހދ ހަނިމާދޫއަށް ވަޑައިގެން އެމަނިކުފާނާއި ޕީޕީއެމްގެ ލީޑާޝިޕުގެ ޓީމުން އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

އެރަށުގައި ހުންނަ ޕީޕީއެމް ގެ ޖަގަހައިގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، އިންޑިޔާއިން 136.6 މިލިއަން ޑޮލަރުގެ ދަރަންޏެއް ނަގައިގެން  ތަރައްޤީކުރަމުން އަންނަ އެރަށުގައި އޮންނަ ބައިނަލްއަގްވާމީ ބަނދަރަކީ ދިވެހި ސަރުކާރުގެ ބާރުވެރިކަން ފުރިހަމައަށް ހިނގާ ތަނެއްކަމުގައި ހައްދަވައިދެއްވުމަށް ޑރ މުއިއްޒުގެކިބައިން އެދިފައެވެ. 

މީގެ އިތުރުން އެ ރަށުގެ ރައްޔިތުންވަނީ، މި ސަރުކާރުން އެ ރަށުގައި ތަރައްޤީކުރަން ވައުދުވި ހޮސްޕިޓަލުގެ މަސައްކަތް އަންނަ ވެރިކަމުގައި ނިންމައިދިނުމަށާއި  ހޮސްޕިޓާ އަޅަން ކަނޑައެޅި ބިމުގައި ވާހެދި ޖަންގަލި ބޯވެފައި އޮތްއިރު އެތަނުގައި އެއްވެސް މަސައްކަތެއް މިހާތަނަށް ކުރެވިފައިނުވާކަން އެރަށުގެ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. 

ހަނިމާދު ރައްޔިތުންގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު ޑރ މުއިއްޒުވަނީ، އެހުރިހާކަމެއްވެސް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް އަރުވާފައެވެ. އަދި މިވެރިކަމުގައި ހިންގަން ފަށައި ކުރިއަށް ނުގޮސް މަޑުޖެހިފައިހުރި ތަރައްޤީގެ މަޝްރޫޢުތައް އެމަނިކުފާނުގެ ވެރިކަމެއްގައި ހިންގަވައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ޑރ.މުޢިއްޒު ދެއްވިއެވެ. 

މި އަހަރުގެ ރިޔާސި އިންތިހާބަށް އަތޮޅުތެރޭގެ ކެމްޕެއިން ފެށުމުގެ ގޮތުން ޑރ މުއިއްޒުއާއި ކެމްޕެއިން ޓިމުން ބޮޑު ތިލަދުންމަށްޗަށް ކުރަމުން ގެންދާ ދަތުރުގައި ހަނިމާދޫގެ އިތުރުން ނޮޅިވަރަމާއި ކުޅުދުއްފުށްޓަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.