އަހުމަދު ސިޔާމް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު--
ހަބަރު
13 Aug 2023 | 09:50
ސިޔާމް ހުންނެވުމަކީ ވަރަށް ބޮޑު އެސެޓެއް؛ ބޭރު ފައިސާ ލިބުންވެސް ފަސޭހަވެއްޖެ: ރައީސް ޞާލިހު

މަޝްހޫރު ވިޔަފާރިވެރިޔާ، އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް (ސަން ސިޔާމް) އެމްޑީޕީގެ ކޯލިޝަންގައި ހުންނެވުމުން ބޭރުގެ ފަރާތްތަކުންދޭ ފައިސާ ލިބުން ފަސޭހަވެގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޕެއިނަށް ނ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، އެމަނިކުފާނުގެ ޓީމުގައި ތިއްބެވީ ރާއްޖޭގެ އިގްތިސާދާއި ރައްޔިތުން އެދޭ އެދުންތައްވެސް ގާތުން ބައްލަވާ، އެކަންކަން އެނގޭ ބޭފުޅުން ކަމަށެވެ. 

އެގޮތުން ރައީސް ޞާލިހު ގެ ސަރުކާރުގައި، އިގްތިސާދީ ގޮތުން ގެންނަ ކުރިއެރުން ތަކުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ މީދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ ސިޔާމް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  

މުޅި ޓޫރިޒަމް ބަދަލުކޮށްލުމުގެ އެއް މޭސްތިރި އޭނާ (ސިޔާމް) އެއީ. މިއަތޮޅުންވެސް އެކަން ފެންނާނެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

އެހެންކަމުން ސިޔާމް އާއި އެކީގައި އެކުލަވާލާ ސަރުކާރަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ނިންމޭ ވަރަށް ރަނގަޅު ނިންމެވުމަކަށް ވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، ކެމްޕެއިން ފެއްޓެވި ފަހުން ބޭރުގެ ބައެއް ބޭފުޅުންނާއި ބައްދަލުވެ ވާހަކަ ދެކެވިފައިވާ ކަމަށެވެ. ވެރިކަމުގެ އައު ދައުރަކަށް ކުރިމަތިލެއްވިއިރު ކޯލިޝަންގައި ތިއްބެވީ ކޮން ބައެއްތޯ އެ ބޭފުޅުން ސުވާލު ކުރައްވާ ކަމަށެވެ. ސިޔާމް ހުންނެވި ވާހަކަ ވިދާޅުވުމާއެކު އެއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް ވިދާޅުވާ ކަމަށާ އަދި ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވާފައެވެ.

އަޅުގަނޑާއި ބައްދަލުވޭ ބޭރުގެ ބައެއް މީހުންނާ ވެސް. އަޅުގަނޑުމެން ކެންޕޭނަށް ނުކުން ފަހުންވެސް ބައެއް މީހުންނާ ބައްދަލުވެ ވާހަކަދައްކައި މަޝްވަރާކުރެވިފައި އެބަހުރި. އަހާފައި އެބަހުރި ކޮން ބައެއްހޭ ކޯލިޝަންގައި ތިބީ. ޝިޔާމްގެ ވާހަކަ ހަމަ ބުނާއިރަށް އެއަށް އެމީހުން އާ ބަސް ބުނޭ. ތިއީ ވަރަށް ރަނގަޅު ޑިސިޝަނެކޭ. ކުރިއަށްދާނޭ. ކުރިއަށް އޮތްތަނުގައި ތިމަންނަމެން ދޭން ޖެހޭ ފައިސާ ދިނުމުގައި އެއްވެސް ދައްޗެއް ނޯންނާނޭ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ، ކުރިއަށް އޮތް ދައުގައި ކުރައްވަން ވައުދުވެވަޑައިގެންފައިވާ ކަންކަން ކުރެއްވުމަށް ބޭރުގެ ބޭންކުތަކުން ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ. 

"[ސިޔާމަކީ] އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ވަރަށް ބޮޑު އެސެޓެއް ސިޔާމް އަޅުގަނޑާއެކު ހުންނެވުމަކީ. ވަރަށް ބޮޑަށް ޝުކުރިއްޔާ."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މީގެ އިތުރުން ރައީސް ޞާލިހު ވަނީ، އަދާލާތު ޕާޓީ އަކީވެސް އެމްޑީޕީ އާއި އެކު 2014 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ޕާޓީ އެއް ކަމަށާ، އެ ޕާޓީގެ ފަރާތުންވެސް ވަރަށް ގާތްކޮށް މަޝްވަރާ ލިބިވަޑައިގަންނަވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.