ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ހަބަރު
13 Aug 2023 | 15:47
ރިސޯޓެއް ގޮތަށް ރަށްތައް ފައްކާވަމުން މިދަނީ؛ ގެސްޓްހައުސްތައް އަޅުއްވާ: ރައީސް ޞާލިހު

ރަށްރަށަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެވި، ރިސޯޓުތައް ފެންވަރަށް ރަށްތަކަށް ކުރިއެރުމާއި ތަރައްގީ ގެނެސްދެވިއްޖެ ކަމަށާއި ދެން އަވަސްވެގަންނަންވީ ރަށްތަކުގައި ގެސްޓްހައުސް ތަރައްގީކުރަން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިންގައި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މިލަދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ, 2018 ވަނަ އަހަރު ޖަޒީރާ ރާއްޖެއެއްގެ މެނިފެސްޓޯ އާއި އެކު އެމްޑީޕީ ކޯލިޝަނުން ނުކުތީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ހުރިހާ ރަށަކަށް ޚިދުމަތްތައް ފޯރުކޮށްދެއްވަން ކަމަށެވެ. 

އެކަން ހާސިލްކުރުމަށް، ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކޮށް، ބަނދަރުގެ ޚިދުމަތާއި، ކަރަންޓުގެ ޚިދުމަތުގެ އިތުރުން ސްކޫލް ތަކުގައި ކްލާސްރޫމްތައް އެޅުން ފަދަ ކަންކަން އަސާސީ ޚިދުމަތްތައް ގިނަ ރަށްރަށަށް ފޯރުކޮށްދެވިފައިވާ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. އަދި ހުރިހާ އަސާސީ ޚިދްމަތެއް ފުރިހަމަވެ ނިމުމުން، ދެން ބޭނުންވާނީ އޭގެ މަތީގައި ކުރިއަށްދާން ކަމަށްވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ކޮންމެ ރަށެއް މިހާރު މިވަނީ ރިސޯޓެއްގެ ގޮތަށް ފައްކާވެފައި. ގެސްޓްހައުސް އަޅަންވީ. ފެން ލިބޭނެ، ނަރުދަމާ އޮންނާނެ. ސިއްހީ ޚިދުމަތް ލިބޭނެ. ބޭރުން ޓޫރިސްޓުން އަންނައިރު ބަލާނެ ކިހިނެއްތޯ ސިއްހީ ޚިދުމަތް މިތާ ހުރީ. ދެން އެ ސުވާލު ކޮށްފިއްޔާ ކޮންމެ ރަށަކަށް ވެސް ޖަވާބު ދެވޭނެ. ފާހަގަޖެހޭނެ. މިރަށުގައި އެ ހުއްޓޭ މި ކަންކަން. އަޅުގަނޑު ހިތުން މިއީ ރަނގަޅު މުސްތަގުބަލެއްގެ ފެށުން."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ވިދާޅުވި، ގެސްޓްހައުސް އެޅުމަށް އިންވެސްޓްމެންޓްތައް ކުރަން ބޭނުންވާ މީހުންނަށް ލުއި ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.