ޑރ މުއިއްޒު މަކުނޫގައި ވާހަކަދައްކަވަނީ/ފޮޓޯ: ޕީޕީއެމް
ހަބަރު
13 Aug 2023 | 19:44
މަކުނުދޫއަށް މުއިއްޒުގެ ގިނަ ވައުދުތަކެއް، އިސްކަން ސިއްޙީ ދާއިރާއަށް!

ޕްރޮގްރެސިވް ކޮންގެސް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑިގެންފި ނަމަ މަކުނޫދޫއަށް ކޮށްދެއްވާނެ ކަންކަން އެމަނިކުފާނު ހާމަކުރައްވައިފި އެވެ.

އެކަންކަން އެމަނިކުފާނު ހާމަކުރައްވާފައި ވަނީ ރިޔާސީ ކެމްޕޭނަށް ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މަކުނުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.

ޑރ މުއިއްޒު ވިދާޅުވީ މަކުނުދޫ ރައްޔިތުން ބޭނުންވާގޮތަށް އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

އޭގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު، އެކަން ކުރައްވާނީ މަކުނޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ބޯހިޔާވަހިކަމަށް ބޭނުންވާ ބިމާއި ވެސް އެކުގައި ކަމަށެވެ. އަދި މަކުނޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ވެސް ޙައްލުކޮށްދެއްވާނެ ކަމަށެވެ.

"މިރަށުގައި ގެދޮރު ބިނާކުރަން، ގޯތި ދޭން އޮތް ބިންކޮޅު މިހާރު ހުސްވަމުންދާ ވާހަކަ ވިދާޅުވި. އެހެންވީމާ އެއާޕޯޓު ތިބޭފުޅުން ބޭނުންވާ ގޮތަށް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މި ރަށަށް ގޯތި ދިނުމަށް ބޭނުންވާ ބިން ވެސް އެއާއި އެކުގައި ހިއްކިގެން ދިއުމަކީ އަޅުގަނޑު ހިތުން އެކަން ކުރަން ޖެހޭނެ ގޮތް"

ޑރ މުހައްމަދު މުއިއްޒު 

ސިއްޙީ ޚިދުމަތް ހޯދުމަށް މަކުނޫގެ ރައްޔިތުން މިހާރު އުފުއްލަވަމުން ގެންދަވާ ބުރަ އިހުސާސްކުރެވޭކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި ސިއްޙީ ފަރުވާއަކީ އަސާސީ ހައްޤަކަށް ވާއިރު، އެ ހައްގު ހޯދުމަށް އެހާ ބޮޑު ތަކުލީފެއް ރައްޔިތުންނަށް ޖައްސައިގެން ނުވާނެކަން ޑރ މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އެކަމާއި ގުޅޭގޮތުން ޑރ މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފި ނަމަ ރަށުގައި ތިބެގެން ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމުތއް ހަމަޖައްސަވާ އެ ވަސީލަތްތައް ޤާއިމްކޮށްދެއްވާނެ ކަމަށެވެ.

"އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި ސިއްޙީ މަރުކަޒެއް ހުންނަން ޖެހޭނެ. އެކްސް-ރޭއާއި ސްކޭން ހެދުމާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި އަންހެނުންގެ ޑޮކްޓަރުންނާއި، ވިހެއުމަށް ބޭނުންވާ ކްލިނިކް ފެސިލިޓީއާއި. މި ދެންނެވި ހުރިހާ ކަމަކީ އަސާސީ ކަންކަން ހަގީގަތުގައި. އެހެންވީމަ މިހެން ވަކިން ދުރުގައި އޮންނަ ތަނަކަށް ވާއިރު އެކަންކަމުގެ ޚިދުމަތް ހޯދަން މާ ދުރަށް ދާން ޖެހުމަކީ އެއީ އިންސާފެއް ނޫން. އެހެންވީމާ ތިބޭފުޅުން ތި އެދިލެއްވި ގޮތަށް އަޅުގަނޑުމެން މިރަށުގެ ސިއްޙީ މަރުކަޒު ތަރައްގީކޮށްދޭނަން"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒުގެ ވާހަކައިގައި ވަނީ މަކުނުދޫ ޒުވާނުންނަށް ޚާއްސަކޮށްގެން ތަރައްގީކޮށްދެއްވާނެ ކުޅިވަރު ފެސިލިޓީތަކުގެ މައުލޫމާތުތައް ވެސް ހިއްސާކުރައްވާފަ އެވެ.

"ޒުވާނުން ބޭނުންވޭ މިތަނުގައި ފުޓުބޯޅަ ދަނޑެއް ހެދިގެން ދާން. އަދި ޒަމާނީ ފެންވަރުގެ ޒުވާނުންގެ މަރުކަޒެއް މިތަނުގައި ހުރުމަކީ އަޅުގަނޑު ހިތުން ޒުވާނުންގެ ދުޅަހެޔޮކަމަށްޓަކައި، ޒުވާނުން ބިނާކުރުމަށް މުހިންމު ކަމެއް. އެހެންވީމާ ޒަމާނީ ބޮޑު ފުޓުބޯޅަ ދަނޑަކާއި ޒުވާނުންގެ މަރުކަޒެއް ޤާއިމްކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އިސްކަން ދޭނެ ކަމެއް"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ ފާހަގަކުރެވުނު ކަންކަމުގެ އިތުރުން ވެސް މަކުނުދޫއަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ގެންގުޅުއްވަނީ ރައީސް ޔާމިނުގެ މެނިފެސްޓޯކަމަށާއި، އެ މެނިފެސްޓޯގައި ހުރިކަންކަން ފުއްދާދެއްވާނެކަމުގެ ޔަގީންކަނަށް ޑރ މުއިއްޒު ވަނީ ދެއްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.