ލަންދޫގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
14 Aug 2023 | 13:25
މިދައުރުގައިވެސް ޒުވާނުންނަށް ކުރިން ލިބިފައިނުވާ އެތައް ފުރުސަތުތަކެއް ހޯދައިދެވުނު: ރައީސް ޞާލިޙް

މިދައުރުގައިވެސް ޒުވާނުންނަށް ކުރިން ލިބިފައިނުވާ އެތައް އައު ފުރުސަތުތަކެއް ހޯދައިދެވުނު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވާހަކަދައްކަވަމުންނެވެ.

"ޒުވާނުންނަކީ މާދަމާގެ ވެރިންކަމަށް އަޅުގަނޑުމެން ޤަބޫލު ކުރާ ކަމަށްވަންޏާ، މިއަދު ޒުވާނުންނަށް ފުރުސަތު ލިބެން އެބަޖެހޭ ބަސްބުނުމުގެ ފުރުސަތު ލިބެން އެބަޖެހޭ، ސިޔާސަތުތައް ކަނޑައެޅުމުގައި ބައިވެރިކުރަން އެބަޖެހޭ، ކުރިއަށްއޮތް ދައުރުގައި ތިބޭފުޅުންނަށް އެކަން ފެނިވަޑައިގަންނަވާނެ، މިދައުރު ނިމިގެން ދާއިރުގައިވެސް ރާއްޖޭގެ ޒުވާނުންނަށް މީގެ ކުރިން ލިބިފައިނުވާ  އެތައް ފުރުސަތެއް އެތައް ގޮތަކުން ލިބިފައިވާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަމައެކަނި ތަޢުލީމީ ދާއިރާއަށް ބެލިޔަސް ކުރިން އޮތް އެތައް ދަތިތަކެއް މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި މަތީ ތަޢުލީމަށް ކިޔެވުމަކަށް މިހާރު އެއްވެސް އާއިލާއަކަށް ހުރަހެއް ދައްޗެއް ނެތް ކަމަށާއި އެކަން ވަރަށް ސާފުކޮށް މިހާރު އެނގޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މަތީ ތަޢުލީމަށް ބޭރަށް ދިޔުމަށް ނަގާ ލޯނު ކިޔަވައި ނިންމައިގެން އަންނަތާ 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އޮންނަ އޮތުމުގެ ސަބަބުން ތަކްލީފުތަކެއް ހުރި ކަމަށާއި ކުރިއަށް އޮތް ތަނުގައި އެމުއްދަތު ދިގުކޮށްދެއްވާނެ ކަމަށެވެ.

މީގެކުރިން އެލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާޖް އެއްގެ ގޮތުގައި ނަގަމުން އައި ފަސް ޕަސެންޓް މިހާރު ވާނީ އެއް ޕަސެންޓަށް ކުޑަ ކޮށްދެއްވައިފައިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ނ. އަތޮޅަށް ކުރައްވަމުން މިގެންދަވާ ކެމްޕޭނު ދަތުރުގެ  ތެރެއިން ރޭ ނ.ވެލިދޫގައި ބޭއްވި ޖަލްސާގައިވަނީ "އާ ޒުވާނުންގެ ޖީލު"ގެ ނަމުގައި ޒުވާނުންނަށް ޚާއްސަ ސިޔާސަތުތައް ތަޢާރަފްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.