އިލްޔާސް ގެ ކެންޕެއިން ދަތުރުގެ ތެރެއިން-- ފޮޓޯ/ ޑިމޮކްރެޓްސް
ހަބަރު
14 Aug 2023 | 13:51
މަސްވެރިން ޕެންޝަން ސްކީމުގައި ހިމަނައި، މަހުގެ އަގު 25ރ އަށް ބޮޑުކުރާނަން: އިލްޔާސް

ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަސްވެރިން ގައުމީ ޕެންޝަން ސްކީމުގައި ހިމަނައި، މަހުގެ އަގު 25ރ އަށް ބޮޑު ކުރައްވާނެ  ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

ގއ. ގެމަނަފުއްޓަށް ވަޑައިގެން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، މަސްވެރިކަންނަކީ އިގުތިސޯދުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމުގައިވީނަމަވެސް، މިހާރު އޮތް އުސޫލުން އެމީހުންނަށް ލިބެނީ 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަން އެކަނި ކަމަށެވެ. 

"އެމީހުންނަށް (މަސްވެރިންނަށް) އެބަޖެހޭ ޕެންޝަން ފަންޑުން އެހެން މީހުންނަށް ލިބޭ ހުރިހާ އިޔާނަތެއް ލިބެން، އެމީހުން ޕެންޝަން ފަންޑުގަ ބައިވެރިވެގެން އެމީހުން ކޮންޓްރިބިއުޓްކުރާ މިންވަރެއް ސަރުކާރުން އެމީހުންގެ ނަމުގައި ލާރި ސަރުކާރުން ލާނަން، އޭގެ ފައިދާއަކީ އެމީހުން ހައްޖަށް ދާން ނުވަތަ ގެ އަޅަނަން ކޮރެޓްރަލް އެއްގެ އެހެން މީހުންނަށް ޕެންޝަން ފަންޑު ބޭނުންކުރެވޭހެން މަސްވެރިންނަށްވެސް ބޭނުންކުރެވެން ޖެހޭ." 

އިލްޔާސް ލަބީބު 

މިއާއެކު އިލްޔާސް ވަނީ މިހާރު މަހުގެ އަގު 17ރ. ހުރިނަމަވެސް އޭނާގެ ވެރިކަމެއްގައި މަހުގެ 25ރ. އިތުރުކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. 

"އާއިލާތަކަށް ލިބެމުން އައި މަހުގެ އާމްދަނީ ދަަށްވެއްޖެ. ތެލުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ. އަޅުގަނޑުމެން ސަރުކާރަށް މި އަންނަނީ މަހުގެ އަގު އެންމެ ދަށް އަގެއްގެ ގޮތުގައި 25ރ.އަށް ކަނޑައަޅަން،" 

އިލްޔާސް ލަބީބު 

އިލްޔާސް ވިދާޅުވީ މަސް ކިލޯއެއްގެ އެންމެ ދަށް އަގު 25ރ.ގައި ބެހެއްޓުމުން މަސް ގަންނަ ފަރާތްތަކަށް ލިބޭ ގެއްލުން ފޫބައްދަން ސަރުކާރުން ސަބްސިޑީ ދޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.