ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރޮޒައިނާ
ހަބަރު
15 Aug 2023 | 16:56
ގޯތި ދޭން ފެށުމާއެކު ރޮޒައިނާގެ ތައުރީފް ރައީސް ޞާލިހަށް: އެއީ ވައުދު ފުއްދަވާ އޯގާތެރި ވެރިއެއް!

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގަން ފެށުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ތަޢުރީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އޮއްސާލައިފި އެވެ. 

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންނަށް ގޯތި ދިނުމަށް ގުރުނެގުން މިއަދު ފަށާފައިވާއިރު، އެކަމާއި ގުޅިގެން ހިތްހަމަޖެހުން ފާޅުކޮށް މީހަކު ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯ މީސްމީޑިއާގައި ހިއްސާ ކުރައްވަމުން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައިސް ޞާލިހަކީ ވައުދު ފުއްދަވާ ވެރިއެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ރިވެތި ސިފަތައް ފެންނާނީ ހަސަވެރިކަން އެއްކޮބާ ކޮށްލުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ރައްޔިތުން މިއަދު އުފަލުން ފުރިފަ. ހިތުގަ އޮތް ލޯތްބާއި އިތުބާރު ބަންޑުންވަނީ! އިބޫ އަކީ ރައްޔިތުން ލޯބިވާވަރު ވެރިއެއް! އޯގާތެރި ވެރިއެއް! އަނިޔާވެރިކަމުގެ އެއްވެސް ސިފައެއްނެތް!ހިތުގައޮތް ހަސަދަ އެއްކިބާކޮއްލީމަ އެކަން ފެންނާނެ." ރޮޒެއިނާ ވިދާޅުވި އެވެ. 

ރޮޒައިނާ މިފަދައިން ވިދާޅުވެ، ރައީސް ޞާލިހަށް ތައުރީފް އޮއްސާލާފައިވާއިރު، މާލެއިން ގޯތި ދޫކުރި މީހުންގެ ތެރޭގައި ރޮޒައިނާ އާއި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒުއާއި ދަރިފުޅުވެސް ހިމެނެއެވެ. 

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވަމުންދާއިރު، އެއަށް ރައްދުދެއްވަމުން ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، އޭނާގެ އަމިއްލަ ގޯއްޗެއް ނެތްކަމަށާ، އޮތީ 12 ބަޔަކަށް ބަހަންޖެހޭ އޭނާގެ ބައްޕަގެ 2000 އަކަފޫޓުގެ ގޯއްޗެއްކަމަށް ވިދާޅުވެފައެވެ.

އަދި އޭނާއަކީވެސް މާލޭ ރައްޔިތެއްކަމަށާ، ބައްޕަގެ ގޯތި 12 ބަޔަށް ބެހުމުން ލިބެނީ 100 އެއްހައި އަކަފޫޓުކަމަށް ރޮޒެއިނާ ވިދާޅުވެފައި ވެއެވެ. އެހެންކަމުން މާލޭ ރައްޔިތުންނަށް ގޯތި ދޭއިރު ރޮޒައިނާއަށް ގޯތި ލިބެން ނުޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ސުން
އނގ ފނދ ށް ގޯތި ލިބުނުދޯ؟ ހައްޖަށްވެސް ދިޔައީ ވަގު ހަދައިގެން.
16 Aug 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.