ވިލާ ފައުންޑޭޝަން ގެ ބާނީ, ގާސިމް އިބްރާހިމް-- ފޮޓޯ/ ވޮއިސް
ހަބަރު
16 Aug 2023 | 09:35
ވިލާ ފައުންޑޭޝަންގެ ސްޓޫޑެންޓް ލޯން މާފުކުރި ލިޔުން ދެނީ!

ވިލާ ގުރޫޕްގެ ޗެއާމަން، ގާސިމް އިބްރާހިމްގެ ހަރަދުގައި މަތީ ތައުލީމަށް ކިޔަވަން ދަރިވަރުންނަށް ދޫކުރި ލޯނު މާފުކުރި ކަމުގެ ލިޔުން ހަވާލު ކުރުމުގެ މަަސައްކަތް ވިލާ ފައުންޑޭޝަނުން ފަށައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް އޭނާގެ އިންސާނީ އެހީ ފޯރުކޮށްދޭ ވިލާފައުންޑޭޝަންގެތެރެއިންނާއި އަދި އޭނާގެ އަމިއްލަ ނަންފުޅުގައި މަތީ ތައުލީމް ހާސިލް ކުރުމަށް އެތައް ހާސް ދަރިވަރުން ނަގާފައިވާ ލޯން މައާފްކޮށްދެއްވައިފިކަން އިއުލާން ކުރެއްވީ ދާދިފަހުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒްގައި ގާސިމްގެ މެނިފެސްޓޯ އިއުލާން ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިލާ ސްކޮލަރޝިޕް ޕްރޮގްރާމް ފެށުނުފަހުން މިހާތަނަށް ހަތްހާހަށްވުރެ ގިނަ ދިވެހިން އެސްކޮލަރޝިޕް ޕްރޮގްރާމްގެތެރެއިން މަތީ ތައުލީމް ހާސިލްކޮށްފައިވެއެވެ. ގިނަ ކުދިން ތައުލީމް ހާސިލްކޮށްފައިވަނީ އެޕްރޮގްރާމްގެތެރެއިން ނަގާ ފައިސާގެ އެއްބައި އަނބުރާ ދައްކާގޮތަށެވެ.

"އެހުރިހާ ކުދިންގެ ހުރިހާ ފައިސާއެއް އަޅުގަނޑު މައާފްކޮށްފިން. އެންމެ ކުއްޖަކުވެސް ބޮޑުލާރިއެއްވެސް ދައްކާނެ ކަމެއް ނެތް އަޅުގަނޑަށް ވެރިކަން ލިބުނަސް ނުލިބުނަސް." ކުނޫޒްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވިއެވެ. 

އެކަމާއި ގުޅިގެން ވިލާ ފައުންޑޭޝަނުން ކުރި އިއުލާނެއް ގައި ބުނީ، ދަރިވަރުންގެ ލޯނު މަޢާފުކުރި ކަމުގެ ލިޔުން ހަވާލު ކުރުމަށާ އިދާރީ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެކަމަށްޓަކައި ވިލާ ފައުންޑޭޝަނުން އާންމުކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ނުވަތަ ކިޔުއާރް ކޯޑް ސްކޭންކޮށްގެން މި މަހުގެ 20 ވަނަ ދަވަހުގެ ކުރިން ދަރިވަތުންގެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އަދި ލޯން މާފުކުރި ކަމުގެ ލިޔުން ދޫކުރުން މިމަހުގެ 27 އަދި 28 ވަނަ ދުވަހު ކުރިއަށް ދާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
ކޮންގްރެސްގެ އެތެރޭގެ އިންތިހާބު: 33،000 މެންބަރުން ވޯޓް ލި
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު އެ ޕާޓީގެ 69,000 މެންބަރުންގެ ތެރެއިން 40,000 މެންބަރުންނަށް ލިބިފައި އޮތެވެ. ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހިސާބުތައް ދައްކާ ގޮތުން މިއަދުގެ އިންތިހާބުގައި 85 އިންސައްތަ މެންބަރުން ވަނީ ވޯޓްލާފަ އެވެ.
11 Jul 2026
ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމު: ރައީސް
އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
11 Jul 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ