އިބްރާހިމް އިސްމާއިލް (އިބްރާ) -- ފޮޓޯ: އެމްޑީޕީ
ހަބަރު
16 Aug 2023 | 10:31
ހަނދާން ނައްތާނުލާތި! އެމްޑީޕީ އަށް ދޭ ވޯޓަކީ އަދާލަތު ވެރިކަމުގައި ދަމަހައްޓަން ދެވޭ ވޯޓެއް: އިބުރާ

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއަށް ދޭ ވޯޓަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ވެރިކަމުގައި ތިބެން ދޭ ވޯޓެއް ކަމުން އެކަމަށް ވިސްނުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) އިލްތިމާސް ކުރައްވައިފި އެވެ.

ހޯމަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރެއްވި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް ގެ ބޭބެ، އިބްރާ ރޭ ކުރެއްވި ޓްވީޓެއް ގައި ވިދާޅުވީ، މިވަގުތު ބޮދައިގެން އޮތަސް އެމްޑީޕީއަށް ދޭ ވޯޓަކީ އަދާލަތު ވެރިކަމުގައި ދަމަހައްޓަން ދެވޭ ވޯޓެއް ކަމަށެވެ.

އިބުރާ އަކީ އަބަދުވެސް އަދާލަތު ޕާޓީން ގެންގުޅޭ ސިޔާސަތުތަކާއި ސިޔާސީ މައިދާނުގައި އެ ޕާޓީގެ ހަރަކާތްތެރިވުމާމެދު ފާޑު ވިދާޅުވާ ބޭފުޅެކެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވެރިކަންކުރާ ޕާޓީ، އެމްޑީޕީއާއި އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އުފެދިގެން އައީ ދިވެހިރާއްޖޭގައި އިސްލާމް ދީން ކުރި އަރުވައި، ދީނީ ގޮތުން ހޭލުން ތެރި އިތުރު ކުރުމުގެ މަގުސަދުގައެވެ. 

އެހެންނަމަވެސް، ޕާޓީ އުފެދުނު އަސްލު މަގުސަދު ގެއްލި، އެޕާޓީގައި ތިބި، ދީނަށް ލޯބިކުރާ ގިނަ ޢިލްމުވެރިންވެސް މިހާރުވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އަދި ޕާޓީގައި މިވަގުތު ތިއްބެވި ޢިލްމުވެރިންވެސް ދީން ހިމާޔަތްކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ބަދަލުގައި، ފެންނަމުންދަނީ، ސަރުކާރު ހިމާޔަތް ކޮށް، ސަރުކާރުގެ ސިޔާސަތުތަކާއި މެދު މީހުން ހޭލުންތެރި ކުރުވަން އުޅޭ ތަނެވެ. 

އެހެންކަމުން، އެ ޕާޓީގައި 'އިލްމުވެރިން' ގޮތުގައި ތިބި ގިނަ ބޭފުޅުންނަކީވެސް ސިޔާސީ އެކްޓިވިސްޓުން ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.