ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް، މި އަހަރުގެ ޖޫން މަހު ކުރިއަށްދިޔަ އާރޯ އެމްވީ ރަންގައި - ފޮޓޯ: ދުވަސް
ހަބަރު
16 Aug 2023 | 12:24
ތިބޭފުޅުންނާއެކު ފިލްމު ކުޅެ، ޑާންސްކޮށް، ފުޓުބޯޅަ ކުޅެ ދުވަންވެސް އަޅުގަނޑު ހުންނާނަން: އިލްޔާސް

ވެރިކަން ލިބިވަޑައިގެންފިނަމަ ވެވަޑައިގަންނަވާނީ އެންމެންގެ ރައީސަކަށް ކަމަށާ, ރައްޔިތުންނާއެކު ފިލްމުކުޅެ، ނަށައި، ބޯޅަކުޅެ ދުވަންވެސް ދާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކުރުމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ރާއްޖެ މިހާރު ބޭނުންވަނީ ހެނދުނާއި ތެދުވެ މަަސައްކަތް ފެށޭނެ ލީޑަރެއް ކަމަށާ އޭނާ އަކީ އެފަދަ ލީޑަރެއް ކަމަށެވެ.

އިލްޔާސް ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކާއި މުނިފޫހިފިިލުވުމުގެ ދާއިރާގައި އުޅޭ މީހުންނާއި މިއުޒިކް ކުޅޭ މީހުންނާއި ރޭސް ޖަހާ މީހުންނާއެކުވެސް އޭނާ ހުންނާނެ ކަމަށާ، އަދި އެކަންކަމުގައި އޭނާވެސް އުޅުއްވާނެ ކަމަށެވެ. 

"ތިބޭފުޅުންނާއެކު މުނިފޫހިފިލުވުމުގައިވެސް ފިލްމު ކުޅުމުގައިވެސް ފިލްމު ބެލުމުގައިވެސް ތިބޭފުޅުންނާއެކު ރޭސް ޖެހުމުގައި ވެސް ތިބޭފުޅުންނާއެކު މިއުޒިކު ކުޅުމުގައިވެސް ތިބޭފުޅުންނާއެކު ޑާސް ކުުރުމުގައިވެސް އަޅުގަނޑު ހުންނާނަމޭ. އަޅުގަނޑު ފުޓްބޯޅަ ވެސް ކުޅޭނަމޭ މެރެތަން ދުވަން ވިޔަސް އަޅުގަނޑަށް ވުރެ ބާރަކަށް ނުދެވޭނެ،"

އިލްޔާސް ލަބީބު 

އިލްޔާސް އިތުރަށް ވިދާޅުވީ ގޯތި ދިނުމާއި އެ ގޯތީގައި ފްލެޓް އެޅުމާއި އަދި ފްލެޓް އެޅޭނެ ގޮތްތައް ހޯދައިދެވޭނީވެސް ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ކަމަށެވެ. ސަބަބަކީ އެމަނިކުފާނަކީ ‘ފްލެޓް ދޮންބެ’ ގެ ދަރިވަރަކަށް ވާތީ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ޑިމޮކްރެޓްސް ނިކުތީ ރާއްޖެއަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނަން ކަމަށާ ރެއާއި ދުވާލު ސައުވީސް ގަޑިއިރު މަސައްކަތް ކުރައްވާނީ އެ ބަދަލު ގެންނެވުމަށް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.