ޑރ މުއިއްޒު މާއެނބޫދޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުން/ ފޮޓޯ: ވޮއިސް
ހަބަރު
17 Aug 2023 | 10:37
ބިމުގެ ދަތިކަން ހައްލުކޮށްދީ މާއެންބޫދޫގައި 30 ހެކްޓަރުގެ ބިން ހިއްކާނަން: ޑރ މުއިއްޒު

މެދުރާއްޖެތެރެއަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ދ އަތޮޅު މާއެނބުދޫއަށް ވަޑައިގެންފި އެވެ.

އެމަނިކުފާނު މާއެނބޫދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މާއެނބޫދޫއަކީ އާބާދީ ކުޑަރަށެއް ނަމަވެސް އެ ރަށުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ޑރ މުއިއްޒު ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާ އެ ރަށަށް ކޮށްދެއްވާނެ ބައެއް ކަންކަން އިއުލާނުކުރައްވާފަ އެވެ.

އެގޮތުން ޑރ މުއިއްޒު ވިދާޅުވީ މާއެނބޫދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަމުގެ މައްސަލަ ކަމަށެވެ. އެކަން ދާއިރާގެ މެމްބަރު ވެސް އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

އެއާއެކު އެމަނިކިފާނު ވިދާޅުވީ ބިމުގެ ދަތިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތަކީ، އެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ސިޔާސަތެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެ މައްސަލަ ޙައްލުކުރުމަށް މާއެނބޫދޫގައި 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި، އަދި އޭގެ ތެރެއިން ބިންތައް ބޯހިޔާވަހިކަމަށް ޚާއްސަކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެރަށަށް ދިމާވެފައިވާ މައްސަލަތައް ތައްޔިތުންގެ ޚިޔާލާއެކު ޙައްލުކޮށްދެއްވާނެ ކަމަށެވެ. ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށް ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކާމިޔާބުކޮށް ދިނުމަށް މަސައްކަތްޕުޅުކޮށްދެއްވުމަށް ޑރ މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.