ހުޅުދެލީ ޖަލްސާގައި ޑރ މުޢިއްޒު ވާހަކަދައްވަނީ. ފޮޓޯ: ޕީޕީއެމް
ހަބަރު
17 Aug 2023 | 13:57
ހުޅުދެލީގެ ކުނީގެ މައްސަލައަށް ހައްލެއް ގެނެސް ސްކޫލްގެ ޖާގަ ބޮޑު ކޮށްދޭނަން: ޑރ މުޢިއްޒު

ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ދ ހުޅުދެއްޔަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ގެނެސްދެއްވަވާނެ ކަމަށް މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ދ އަތޮޅުގެ ބައެއް ރަށްރަށަށް ޕީޕީއެމް ޕީއެންސީގެ ބައެއް ލިޑަރުން ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ހުޅުދެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހުޅުދެލީ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ މުޢިއްޒު ވިދާޅުވީ ރަށްރަށަން ދިމާވާ ބޮޑު މައްސަލައެއް ކަމަށްވާ ކުނި މެނޭޖްކުރުމަށް ސަރުކާރުން ސަމާލުކަން ނުދޭކަމަށެވެ.

އޭނާ ވިދާޅުވީ ކުނި މެނޭޖްކުރުމަކީ އަސާސީ ގޮތެއްގައި ސަރުކާރުން ކައުންސިލް މެދުވެރިކޮށް ކޮށްދޭން ޖެހޭ ކަމެއްކަމަށާއި އެ މައްސަލަ ރަނގަޅަށް ނުކުރެވުނީމާ ރަށުތެރޭގައި އެކި ކަހަލަ ބަލި މަޑުކަން ފެތުރުން ފަދަ ގިނަ ކަންކަން ދިމާވާކަމަށެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރަނގަޅު ފެންވަރެއްގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކޮށްދެވޭނެ ރަނގަޅު ޕްރޮގްރާމެއް ރާވައިގެން ކުރިއަށް ގެންދަވާނެކަމަށެވެ.

މީގެ އިތުރަށް މުޢިއްޒު ވިދާޅުވީ ހުޅުދެލީ ސްކޫލުގެ ޖާގަ ކުޑަކަން އެ ރަށު ރައްޔިތުން ފާހަގަކުރަމުން އަންނަކަމަށާއި އޭނާގެ ވެރިކަމެއްގައި ސްކޫލުގައި ކްލާސްރޫމް އިތުރުކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ.

މީގެ އިތުރުން ކުޅިވަރުކުރުމަށް ވަސީލަތްތައް ޤައިމްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮށްދެއްވާނެކަމަށާއި ހުޅުދެލީގައި އޭޓީއެމްއެއް ޤާއިމްކުރުމަށްވެސް އޭނާ ވައުދުވެވަޑައިގެންފައިވެއެވެ.

މުޢިއްޒު ވިދާޅުވީ ހުޅުދެއްޔަކީ ވަރަށް ހީވާގި މަސައްކަތްތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށާއި އެރަށަކީ މަސްވެރިކަމުގެ މަސައްކަތްވެސް ކުރާ ރަށެއް ކަމަށެވެ.

އެހެންވީމާ މަސްވެރިންނަށް ބޭނުންވާ ގިނަ ކަންކަން ހުންނާނެކަމަށާއި އެރަށުން ތެޔޮ އަދި އައިސް ލިބޭނެ ނިޒާމް ގާއިމްވެގެން ދިއުމަކީ މަސްވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އެފަދަ ނިޒާމެއް ޤާއިމްކުރުމަކީ އެ އެ ޚިދުމަތް ހޯދަން އެރަށަން އަންނަ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެކަމަށާއި އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ އެފަދަ ނިޒާމެއް ޤާއިމްކޮށްދެއްވާނެކަމަށެވެ.

މީގެ އިތުރުން ވެސް ހުޅުދެއްޔަށް ކޮށްދެއްވާނެ އިތުރު ކަންތައްތަކެއް މުޢިއްޒުވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.