އަހްމަދު ނިހާނު ހުސައިން މަނިކު
ހަބަރު
18 Aug 2023 | 20:04
ޤާސިމްގެ ބައިވެރިވުން ނުލިބުނު ނަމަ ޔާމިންގެ ތަރައްޤީ ދިވެހިން ހާަސިލެއް ނުކުރާނެ : ނިހާން

2013 ގައި ޤާސިމް އިބްރާހިމް ގެ ބައިވެރިވުން ނުލިބުނު ނަމަ، ރައީސް ޔާމީން ގެނެސްދިން ތަރައްގީގެ އަހަރުތައް ދިވެހިން ހާަސިލެއް ނުކުރީސް ކަމުގައި ކުރިން ޕީޕީއެމް ގެ ލީޑަރޝިޕްގައި މަސައްކަތް ކުރެއްވި އަދި މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި އަހްމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕެއިންގައި ރާއްޖެތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހދ ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

ނިހާން ގެ ވާހަކަފުޅުގައި ވިދާޅުވީ 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމްގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ފަރާތެއްގެ ހައިސިއްޔަތުން އެ ބޭފުޅުން އެންމެ ބޮށް ސިއްސުވައިލީ ފުރަތަމަ ބުރުގެ ނަތީޖާގައި ޖުމްހޫރީ ޕާޓީން ޕީޕީއެމްއާއި އެންމެ 1300 ވޯޓާއި ގާތްކުރުމުން ކަމުގައެވެ. އެއީ އަބަދުވެސް ކުޑަ ޕާޓީއެއްގެ ގޮތުގައި ސިފަކުރަމުން އައި ޖުމްހޫރީ ޕާޓީއަކަށް އެ ޕާޓީ ވުމުން ކަމުގައެވެ. 

ނިހާން ވިދާޅުވީ 2013 ގެ ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ދިއުމާއެކު ގާސިމް އަވަސްވެ ވަޑައިގަތި އެތަނުން އެންމެ ރަނގަޅު ކެންޑިޑޭޓަކާއެކު މި ގައުމަށް ރަނގަޅު މަގު ހޯއްދަވައި ދެއްވަން ކަމަށެވެ. 

އެހެންވީމަ 2013 ވަނަ އަހަރު ނިކުނތް ނަތީޖާގެ އަލީގައި މި ގައުމަށް ހެޔޮކަމެއް އައިއްސަ ހުރެއްޖެނަމަ އެކަމުގެ 50 އިންސައްތަ އަޅުގަނޑުވެސް މިތާ ހުރެ ގާސިމްއަށް ދޭން

ނިހާން ވިދާޅުވިއެވެ. 

މީގެ އިތުރުން ނިހާން ވިދާޅުވީ، ކޮންމެ ވެރިކަމެއްވެސް ގެނައުމުގެ އެންމެ ބޮޑު އެންމެ ބިޔަ މަސްއޫލިއްޔަތު ހަގީގަތުގައި އުފުއްލަވަނީ ގާސިމް އިބްރާހިމް ކަމަށާއި އެއީ އެފަރާތަކުން ދިވެހި ރައްޔިތުންނަށް ފައިދާ ކުރުވަނިވި ނަމުން ވެރިކަމެއް ކޮށްދޭތޯ ކަމަށެވެ. އަދި އެކަމަށްޓަކައި ކޮންމެ އަހަރަކުވެސް ގާސިމް އިބްރާހިމް ރައްޔިތުންގެ ކިބައިން ނުހަނު އާދޭސް ދަންނަވާ ކަމުގައިވެސް ނިހާނު ވިދާޅުވިއެވެ. 

މީގެ އިތުރުން އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ފްލެޓް ދިނުމާއި ހުޅުލެއާއި މާލެއާއި ދެމެދު ބްރިޖް އެޅުންފަދަ މަޝްރޫއުތަކަކީ އެ މަނިކުފާނު އޭރު މާ ތަފްސީލުކޮށް ވާހަކަ ދައްކައިފައިވާ މެނިފެސްޓޯ ތަކެއްކަމުގައި ވިދާޅުވެ ނިހާން ވަނީ ޤާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ.

ކޮމެންޓް
ނިހާ
ނިހަަނު ތިބުނަނީ ނިހާނު މަންމަޔަކު ނެތްނަމަ ނިހާނުވެސް ދުނިޔެއަކު ނުވީހޭ ދޯ.. ގުޑް
19 Aug 2023
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.