ކެޔޮދޫއިން ޑރ މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
19 Aug 2023 | 12:13
ޑރ މުއިއްޒު ވ އަތޮޅަށް، ފުރަތަމަ މަންޒިލަކަށް ކެޔޮދޫ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު މެދުރާއްޖެތެރެއަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި ފ، ދ އަދި މ އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ފަހު، ވ އަތޮޅުގެ ފުރަތަމަ މަންޒިލް ކެޔޮދޫއަށް ވަޑައިގެންފި އެވެ. 

ޑރ މުއިއްޒު ކެޔޮދޫއަށް ވަޑައިގަތުމާއި އެކު އެރަށުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. 

ޑރ މުއިއްޒު ވަނީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ކެޔޮދޫއަށް ކޮށްދެއްވާނެ ކަންކަން ހިއްސާކުރައްވާފަ އެވެ. އެގޮތުން ޑރ މުއިއްޒު ވިދާޅުވީ އެންމެ ޚާއްސަ އިސްކަމެއް ދެއްވާނީ ރަށުގެ ބިން ބޮޑުކުރުމަށް ކަމަށެވެ.

ކެޔޮދޫއަކީ ބިމުގެ ދަތިކަން ދިމާވެފައިވާ ރަށެއްކަން ރައްޔިތުން ވެސް ފާހަގަކުރާއިރު، އެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވާ ދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ބިން ހިއްކާ، އެ ރަށުގެ ބިން ބޮޑުކޮށްދިނުމުގެ އިތުރުން ރަށަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމަށެވެ. 

ޑރ މުއިއްޒު ގެންދަވަނީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަންނަވާއިރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ނުލިބި، އެމަނިކުފާނު ޖަލުގައި ހުންނަވާން ޖެހިވަޑައިގެންފި ނަމަ، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށެވެ. 

ރައްޔިތުންނަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަމަލުކުރައްވާނީ ރައީސް ޔާމިނުގެ ސްޕީޑުކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި މި އިންތިޚާބަކީ ގައުމީ ފިކުރުގައި ވޯޓު ދޭ އިންތިޚާބަކަށް ހެއްދެވުމަށް ވެސް ޑރ މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.