ވ ތިނަދޫގައި ބޭއްވުނު ޖަލްސާގައި ޑރ މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޕީޕީއެމް
ހަބަރު
19 Aug 2023 | 17:49
ރައްޔިތުން އެދޭނަމަ އާބާދީތައް އެއްފަސްކުރެވިދާނެ: ޑރ މުޢިއްޒު

ރައްޔިތުން އެދޭނަމަ އާބާދީތައް އެއްފަސްކުރެވިދާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުޢިއްޒު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ވ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ތިނަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ މުޢިއްޒު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލްކުރުމަށް ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުމަކީ ޕީޕީއެމް ޕީއެންސީގެ ވިސްނުންކަމަށެވެ.

މީގެ އިތުރުން ޑރ މުޢިއްޒު ވިދާޅުވީ ރައްޔިތުން އެދޭނަމަ އެއް ރަށުން އަނެއްރަށަށް އާބާދީ އެއްފަސް ކުރުމަކީ ވެރިކަން ލިބިވަޑައިގެންފިނަމަ ކޮށްދެއްވާނެކަމެއްކަމަށެވެ.

ޑރ މުޢިއްޒު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލްކުރުމުގައި އެކަށޭނެ އާބާދީއެއް އޮތުމަކީ އެންމެ ގިނަ ފައިދާ ވާނެ ގޮތް ކަމަށެވެ. އެހެންނަމަވެސް އެއީ ރައްޔިތުން ކުރަން ބޭނުންވާ ކަމެއް ނޫން ނަމަ މަޖުބޫރުކޮށްގެން ސަރުކާރުން ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ތިނަދޫގެ ރައްޔިތުން ޕީޕީއެމް ޕީއެންސީއަށް އިތުބާރުކޮށް ތާއީދު ކޮށްދޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ޑރ މުޢިއްޒު ވިދާޅުވިއެވެ. އަދި އެކޯލިޝަން ކުރިއަށްދާނީ ރައްޔިތުންގެ އިތުބާރާއި ތާއިދާއި އެކުގައި ކަމަށް ޑރ މުޢިއްޒު ވިދާޅުވިއެވެ.

"ޤައުމުގެ ކަންކަން ހަމަމަގަށް އެޅުވުމަށްޓަކައި ޤައުމުގެ މުސްތަޤްބަލު އުޖާލާކުރުމަށްޓަކައި މިކުރާ މަސައްކަތަށް މިރަށުގެ ރައްޔިތުންގެ އެއްބާރުލުން ދޭނެކަމަށް ޤަބޫލުކުރަން"

ޑރ. މުހައްމަދު މުޢިއްޒު 

ވ ތިނަދޫގައި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުން ދިރިއުޅެނީ އާބާދީގެ ގޮތުން ކުޑަރަށެއްގައި ކަމަށްވިޔަސް ނުވަތަ ވަރަށް ތޮއްޖެހިފައި އޮތް ރަށެއްގައިކަމަށްވިޔަސް އެ ރައްޔިތުން ބޭނުންވާ ގޮތްތައް ބަލާ އެގޮތަކަށް އެ ފުރުސަތު ހޯދައި ދިނުމަކީ ޢަދުލުވެރި އިންސާފުވެރި ވެރިކަމެއް ކުރާއިރު ކަންކުރާނެ ގޮތްކަމަށެވެ.

އެހެންކަމުން ތިނަދޫގެ ރައްޔިތުންވެސް ބޭނުންވާ އުންމީދުތައް ހާސިލްކޮށްދިނުމުގައި ދެވެން އޮތް އެންމެ ފުރިހަމަ މިނެއްގައި ސަރުކާރުން އިޖާބަ ދޭން ވާނެކަމަށާއި ރަށަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭން ޖެހޭކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ޑރ މުޢިއްޒުގެ ވާހަކަފުޅުގައި ތިނަދުއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުނި މެނޭޖްކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެކަމަށާއި ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަންވެސް ކޮށްދެއްވަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވެރިކަން ލިބިއްޖެ ނަމަ ރަށް ގިރުމާއި ރަށުގެ ފަސްގަނޑު ހިމާޔަތް ކުރުމަކީ އެ ރަށުގައިވެސް ކުރާނެ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ މުއިއްޒާއި ޕީޕީއެމް ޕީއެންސީގެ އިސް ބައެއް ލީޑަރުން އޮގަސްޓު 16 ވަނަ ދުވަހު ދ ކުޑަހުވަދޫއިން ފެއްޓެވި ދަތުރުފުޅުގައި މިހާރު ތިއްބެވީ  ވ އަތޮޅުގައެވެ. މިއަދު އެދަތުރުފުޅު ނިންމަވައި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.