ޑިމޮކްރެޓްސް ގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
ހަބަރު
20 Aug 2023 | 11:34
ބެނާއެއް ދަމާލައިގެންވެސް ޝުޢޫރު ފާޅުކުރުމުގެ ހައްގެއް މިހާރަކު ނެތް: އިމްތިޔާޒް

ސަރުކާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އުފެދުނު އަސާސްތަކާއި މިހާރު ދުރަށް ގޮސްފައިވާ ކަމަށާ، މި އެމްޑީޕީ ސަރުކާރާއި ދެކޮޅަށް ބެނާއެއް ދަމައިގެންވެސް ޚިޔާލުފާޅު ނުކުރެވޭ ކަމަށް، ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް ގެ ތަރުޖަމާނު، އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. 

ޑިމޮކްރެޓްސް ގެ ތަރުޖަމާނުގެ ފަރާތުން މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ، ސަރުކާރެއްގެ ބޭނުމަކީ ހުރިހާ ބަޔަކަށްވެސް ހަމަހަމަ ކަމާއި އެކު ކެންޕެއިން ކުރުމުގެ ފުރުޞަތު ދިނުން ކަމަށެވެ. 

މިސާލަކަށް ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާއިރު، މާލޭ ތިބޭހާ، ނުވަތަ އަތޮޅެއްގެ ތިބޭހާ ސިފައިންނާއި، ފުލުހުން ކުޑަކުޑަ ރަށެއްގެ އާބާދީއަށް ވުރެ އިތުރަށް ލައިގެން، އަދި ސުލްހަވެރިކަމާ އެކުގައި، އިހްތިޖާޖު ކުރަން އިދިކޮޅު ފަރާތްތަކުން ތިބީމާ، އެމީހުންގެ އަޑު، ރައީސުލްޖުމްހޫރިއްޔާ އަށް ނީއްވާ، ނުވަތަ މެސެޖު ދިނުމާއި ގާތަށްވެސް ނުދެވޭ ހިސާބަށް ޖަންގަލީ ތެރެއަށް ކޮށްޕަމުން ކޮށްޕަމުން ގޮއްސަ އަދި އަނިޔާވެރިކަމާއެކު، މީހުން ހިފައި ހައްޔަރު ކުރީމާ، އޮޕޮޒިޝަންސް އާ މެދު މިގޮތަށް އަމަލު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން. 

އިމްތިޔާޒް ފަހުމީ

އިންތި ވިދާޅުވީ، އިދިކޮޅުގެ އަޑުއެހުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީ ސަރުކާރެއްގައި ރައްޔިތުން ބަލަން ބޭނުން ނުވާނެ ކަންކަން މިހާރު ފެންނަމުންދާ ކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ، މިހާރު އޮތް އެމްޑީޕީ އަކީ ކުރީގެ އެމްޑީޕީ ނޫން، ކަމަށާ އެ އެމްޑީޕީގެ ސިފަ ގެއްލިފައިވާ ކަމަށެވެ. 

ހަމައެއާއެކު ބެނާއެއް، ސަރުކާރަށް ފާޑުކިޔައި، ރައީސުލްޖުމްހޫރިއްޔާ އަށް ފާޑުކިޔައި ރައްޔިތުން ދަމާލާ ބެނާއެއް، އެ ބެނާ ދަމައި ޝުޢޫރު ފާޅުކުރުމުގެ ހައްގެއް ނެތް މިހާރު. ފުލުހުން ފޮނުވައި އެ ނައްޓާލާ ކަންތައްތައް ކުރަމުންދާތަން އެބަ ފެނޭ. އެހެނީ ވީޑިއޯ ތަކުގައި ހެކިތަކާއި އެކު އެކަން ފެންނަން. މިއީ ވަރަށް ނާތަހުޒީބު ކަމެއް. 

އިމްތިޔާޒް ފަހުމީ 

އިންތި ވިދާޅުވީ، އިދިކޮޅުގެ އަޑު ކަނޑުވާލަމުންދަނީ، ސަރުކާރުން ދެވަނަ ދައުރެއް ހޯދައި، ވެރިކަމުގެ ލައްޒަތައްޓަކައި ކަމަށެވެ. ނަމަވެސް އެފަދަ ކަންކަން ކުރުމަކީ ގައުމު ފަހަތަށް ޖައްސާލުން ކަމަށާ، އެހެން އެކަން ނުކޮށް، އިދިކޮޅަށް ޝުޢޫރު ފާޅުކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. 

އިންތި މިފަދައިން ވިދާޅުވެފައި ވާއިރު، ރައީސް ޞާލިހު ކެންޕެއިނަށް ޏ. ފުވައްމުލަކަށް ވަޑައިގެންނެވުމުން ސަރުކާރުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ކެންޕެއިން ކުރި މީހުން ހައްޔަރު ކުރަން ފުލުހުންނާއި ސިފައިން ނެރެ، ވިނައިގެ ތެރެއަށް އިހްތިޖާޖު ގެ ބައިވެރިން ވައްދައި އަނިޔާ ކޮށްފައެވެ. އަދި އެނޫން ރަށްރަށުގައި ވެސް އިހްތިޖާޖު ކުރާ ބައިވެރިންނަށް ހުރަށް އަޅައި، ސަރުކާރަށް ފާޑުކިޔާ ދަމާފައި ހުންނަ ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ. 

ކޮމެންޓް
އޯކޭބެ
އުސްތާޒުމެން ބޮޑެތިދޮގުހަދަނީބާ ނޫނީ ނޫސްވެރިން ސުރުހީތައްއަޅަނީބާ ހަމަތިބިލައިގެން
20 Aug 2023
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.