ރައީސް ޞާލިޙާއި ޓީމް ފުޅަދުއަށް ވަޑައިގަތުން. ފޮޓޯ: އެމްޑީޕީ
ހަބަރު
21 Aug 2023 | 10:11
މެދު ކެނޑުމަކަށްފަހު ރައީސް ޞާލިޙް ކެމްޕޭނު ދަތުރުތައް ފައްޓަވައިފި

ސެޕްޓެމްބަރ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދަތުރުފުޅުތައް މެދު ކަނޑާލުމަށްފަހު އަނެއްކާވެސް އަތޮޅު ދަތުރުފުޅުތައް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފައްޓަވައިފިއެވެ.

ރައީސް ޞާލިޙް ކުރައްވަމުން ގެންދެވި ކެމްޕޭނު ދަތުރުފުޅު މެދުކަނޑައިލެއްވީ އަރިއަތޮޅަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ މެދު ތެރެއިންނެވެ. ރައީސް ޞާލިޙްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެފައިވަނީ ރައީސް ޞާލިޙް ކެމްޕޭނު ދަތުރުފުޅު މެދުކަނޑައިލައްވައި މާލެ ވަޑައިގަތީ ސިއްޚީ ޙާލުކޮޅު ތަންނުދިނުމުގެ ސަބަބުން ކަމަށާއި ޑޮކްޓަރުގެ ހުއްދަ ލިބިލެއްވިހާ އަވަހަކަށް އަނެއްކާވެސް ދަތުރުތައް ފައްޓަވާނެ ކަމަށެވެ.

އެގޮތުން މިއަދު ރައީސް ޞާލިޙާއި އެމަނިކުފާނުގެ ޓީމުން ވަނީ ކެމްޕޭނު ދަތުރުފައްޓަވައިފައެވެ. މިއަދު ރައީސް ޞާލިޙްގެ ޓީމުން ދަތުރުފައްޓަވައިފައިވަނީ ބ.އަތޮޅަށެވެ.

އެ އަތޮޅުގެ ހަ ރަށަކަށް މިއަދު ރައީސް ޞާލިޙާއި ޓީމުން ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިހާރުވަނީ ފުޅަދޫ އަށް ވަޑައިގެންފައެވެ. އެއަށް ފަހު ދެން ވަޑައިގަންނަވާނީ ފެހެންދޫ، ގޮއިދޫ، އޭދަފުށި، ހިތާދޫ، އަދި ތުޅާދޫ އަށެވެ. މީގެ ތެރެއިން ތުޅާދޫގައި މިރޭ ޖަލްސާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާދަމާ އެމަނިކުފާނު މާޅޮސް، ދޮންފަނު، ކިހާދޫ، ކަމަދޫ، ކެންދޫ އަދި ދަރަވަންދޫއަށް ވަޑައިގަންނަވާނެއެވެ. އަދި ދަރަވަންދޫގައި ޖަގަހަ ބައްދަލުވުމެއް ބާއްވާނެއެވެ.

މީގެއިތުރުން މިއަދު ފެއްޓެވި ދަތުރުފުޅުގައި ރ.އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަޑައިގަންނަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.