ރައީސް ޞާލިޙް ފުޅަދޫގައި ބޭއްވުނު ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
21 Aug 2023 | 11:22
"އަޅުގަނޑަކީ ރާއްޖޭގެ 101 ވަނަ ވެރިމީހާ؛ އަޅުގަނޑުގެ ކުރީން އެއައި ވެރިންނަށް ކުދި ރަށްރަށެއް ނުފެނޭ"

ބ.އަތޮޅުގައި ވަކިން އޮތް ތިން ރަށަކީ މުޅިންހެން ބާކީކޮށްފައި އޮތް ތިން ރަށް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ބ.އަތޮޅަށް އެމަނިކުފާނާއި އެމަނިކުފާނުގެ ކެމްޕޭނު ޓީމުން ކުރައްވަމުންގެންދަވާ ދަތުރު ފުޅުގައި އެއަތޮޅު ފުޅަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަދައްކަވަމުންނެވެ.

"މިއީ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއް، އަދި މިއަތޮޅުގަ މިހިމެނޭ ވަކިން މިއޮތް ތިން ރަށަކީ މީގެ ކުރީ ޒަމާންތަކިގައި މުޅިންހެން އެކަހެރި ކޮށްފައި އޮތް ތިންރަށް، އަދި މިރަށްރަށަށް ބޭނުންކުރަމުންދިޔައީވެސް އެކި ސަރުކާރުތަކުން އެއީ ދައުލަތުން ސަރުކާރުތަކުން އެކަހެރިކުރާ މީހުން ފޮނުވާލާ ރަށްރަށެއްގެ ގޮތުގައި، ވަރަށް އިހާނެތިކޮށް މިރަށްރަށާއި ދޭތެރޭގައި ކަންތައް ކުރަމުންގެންދަނީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒަމާންތައް ބަދަލުވެއްޖެ ކަމަށާއި، މިރާއްޖޭގައި ވެރިކަން އެތައްޒަމާނެއް ވަންދެން ކޮށް ނިމިއްޖެ ކަމަށާއި، އެމަނިކުފާނަކީ ރާއްޖޭގެ 101 ވަނަ ވެރިމީހާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ފިޔަވައި އެހެން އެއްވެސް ވެރިއަކަށް ފުޅަދޫ ފަދަ ކުދި ރަށްރަށް ފެނިފައިނުވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޞާލިޙް ވިދާޅުވީ މީގެކުރީގައި ރައްޔިތުން ބޭނުން ކުރަމުން ދިޔައީ ވެރިންގެ މުހުތާދުތައް ފުއްދުމަށް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ 2018 ވަނައަހަރުގެ ސިޔާސަތަކަށް ވީ ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ އެސިޔާސަތުތައް ތަންފީޒުވަމުންދާ ކަމުގެ އެންމެ ބޮޑު ހެއްކަކީ ފުޅަދޫ ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނު ޤަބޫލުކުރެއްވީ ފުޅަދޫ ފަދަ ކުދިރަށްރަށަކީވެސް އިޤްތިޞާދުގައި ބޮޑު ހިއްސާއެއް ކުރެވޭނެ ފަދަ ރަށްތަކެއް ކަމުގައި ކަމަށެވެ.

"މިރަށަށް ފޭބުމުން މިލިބޭ ހިތްހަމަޖެހުން އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެބަ އިޙްސާސް ކުރެވޭ، މިތާ އުޅެން ބޭނުން ނުވާނީ ކާކުތޯ؟، މިއީ އުފާވެރި މާހައުލެއް، އެހެންނަމަވެސް އުޅެވޭނެ ގޮތެއް ސަރުކާރުތަކުން ދައްކާދީފައެއް ނެތް، ފަސޭހައިން އާދެވެން އެބަޖެހޭ، ސާފު ބޯފެން ލިބެޖެހޭ، ކުދިންނަށް ކިޔަވައިދެވެން ޖެހޭ، ސިއްޚީ ޚިދްމަތް އެބަ ލިބެންޖެހޭ، އެނެތި ކިހިނެއްތޯ ދިރިއުޅޭނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ކުރިއަށް އޮތް ހަތަރުއަހަރެއްހާ ދުވަސް ތެރޭގައި ފުޅަދޫގެ އިޤްތިސާދު ވަރަށް ބޮޑަށް ކުރިއަރައިދާނެކަމަށެވެ.

ރައީސް ޞާލިޙާއި ޓީމުން ބ އަތޮޅަށް ކުރައްވަމުން މިގެންދަވާ ދަތުރުގައި މިއަދު އެއަތޮޅުގެ ފުޅަދޫ، ފެހެންދޫ، ގޮއިދޫ، އޭދަފުށި، ހިތާދޫ، އަދި ތުޅާދޫ އަށެވެ. މީގެ ތެރެއިން ތުޅާދޫގައި މިރޭ ޖަލްސާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.