ފެހެންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
21 Aug 2023 | 14:59
ޕީއެންސީގެ ކެންޑިޑޭޓު ފިޔަވައި މާބޮޑު ވިޝަނެއް, ސިޔާސަތުތަކެއް އޮތް ކެންޑިޑޭޓެއް ނުފެނޭ: ރައީސް ޞާލިހު

ކުރިއަށް އޮތް ފަސް އަހަރުވެސް ރައްޔިތުންނަށް ހެޔޮހިތުން ކަމެއް ކޮށްދޭނީ އެމްޑީޕީ އިން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ބ އަތޮޅު ފެހެންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކުރިއަށް އޮތް ދައުރުގައިވެސް، ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައިވެސް ރައްޔިތުންނަށް ހެޔޮހިތުން ކަމެއް ކޮށްދޭނެ ޕާޓީއަކީ އެމްޑީޕީ، އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ ވަޢުދުތަކެއްވެ ވަޢުދުތަކެއް ފުއްދައިގެން، ކުރިމަތިވި ދަތިތަކާއި އެކުގައިވެސް، މިރަށްރަށުގެ ރައްޔިތުން އެކަން ޤަބޫލުފުޅު ކުރައްވާނެ، ބަލާލި ކޮންމެ ދިމާއަކުން ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެކަން ފެނިވަޑައިގަންނަވާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ އިދިކޮޅު ކެންޑިޑޭޓަށާއި ކެންޑިޑޭތުގެ މެނިފެސްޓޯއަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ.

"ރިޔާސީ އިންތިޚާބުގެ އެންމެ ފަހުދުވަސްކޮޅު އަޅުގަނޑުމެން ގުނަމުންމިދަނީ، ތަފާތު ވަޢުދުތައް ކެންޑިޑޭޓުން ވާނެ، މީގަ އަޅުގަނޑުމެން ކުޑަކޮށްވެސް ބަލާލަން ޖެހޭ ބަޔަކަށް ތިބޭނީ ޕީއެންސީ، ދެން އަލަށް އައިސްގެން އުޅޭ ޕާޓީއެއްގެ ނަން މިދެންނެވީ، ޕީއެންސީއިން އެހުށައަޅާ މެނިފެސްޓޯގަ އެކިޔާ އެއްޗެއް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ބަލާލަންވާނެ، ދެން ނުފެނޭ މާބޮޑު ވިޝަނެއް އޮތް މާބޮޑު ސިޔާސަތުތަކެއް އޮވެގެން ކުރިމަތިލައްވައިގެން ހުރި ބޭފުޅެއް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ އަސާސީ ޚިދްމަތް ތައް ފުރިހަމަ ކޮށްދެއްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު ރޭގައި ވިދާޅުވިކަމަށެވެ. އަދި މިއޮތް ހުރިހާ ދުވަހު ކުރެއްވީ ކޮންކަމެއްތޯ ރައީސް ވަނީ ސުވާލު ކުރައްވާފައެވެ.

ރާއްޖޭގެ ޕްލޭނިންގ މިނިސްޓަރަކަށް އެންމެ ގިނަ ދުވަހު ހުންނެވީ އެބޭފުޅާކަމަށާއި، އޭރު ރަށްރަށުގައި ކަރަންޓާއި ނަރުދަމާ އަދި ފެނުގެ ނިޒާމު ނެތްތަން ފެނިނުލައްވާތޯ ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކެންޑިޑޭޓު ޑރ މުޢިއްޒު ގުޅީފަޅުން ދޫކުރާ ގޯތިތައް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް ފާޑު ވިދާޅުވަމުން ރައީސް ޞާލިޙް ވިދާޅުވީ ޑރ މުޢިއްޒު މިނިސްޓަރު ކަމުގައި ހުންނެވައިގެން ކުރީ ސަރުކާރުން ގުޅީފަޅުން މީހުނަށް ދިން ގޯތިތައް ނެންގެވީ ކަމަށާއި، އޭގެ ބަދަލުވެސް ނުދެއްވާ ކަމަށެވެ. އަދި އޭގެބަދަލު ރައްޔިތުންނަށް މިސަރުކާރުން ދޭން ޖެހުނު ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ކެމްޕޭނަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި އެމްޑީޕީ ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީއާއި އެމްޑީއޭގެ އެންމެ އިސް ދެލީޑަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.