ގޮއިދޫގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
21 Aug 2023 | 16:10
ކުރިއަށް އޮތް ސިޔާސަތަކީވެސް ޙިޔާލު ފާޅުކުރުމަށް މިނިވަންކަންދީގެން ތަރައްޤީ ގެނައުން: ރައީސް ޞާލިޙް

ކުރިއަށް އޮތް ދައުރުގެ ވެސް ސިޔާސަތަކީ ޙިޔާލު ފާޅުކުރުމަށް މިނިވަންކަންދީގެން، ރައްޔިތުންނަށް ވީ ތަރައްޤީގެ ވަޢުދުތައް ފުއްދުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް  ޞާލިޙް މިހެން ވިދާޅުވީ ބ އަތޮޅު ގޮއިދޫގައި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

"މިގޮއިދުއަށާއި ފުޅަދުއަށާއި ފެހެންދުއަށް ގެނެވުނު ބަދަލު ތިބޭފުޅުންނަށްވެސް ފެންނާނެ، ހަޤީޤަތުގައި އަޅުގަނޑުމެންނަށް އެބަދަލު ގެނެވުނީ އެމަސައްކަތްތައް ކުރެވުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް އެވާދަވެރިކަމުގެ ތެރެއަށް ނުގޮސް ހަމައެކަނި އަޅުގަނޑުމެން ވީ ވަޢުދުތައް ފުއްދުމަށް ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރީމަ، އެހެންނޫންނަމަ އެމަސައްކަތްތަކެއް ނުކުރެވުނިސް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގައި ނިމެމުންއެދާ މަސައްކަތްތަކުގެ ނަތީޖާއަކީ އެއީ، އަޅުގަނޑުމެނަށް ކެބިނެޓާ ކުންފުނިތަކާއި އެކީގައި މިމަސައްކަތްތައް ކުރެވުނީ އެސަބަބަށްޓަކައި" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ވެރިކަމުގެ ދައުރެއް ނިންމަވާ އެލައްވަނީ  ސިޔާސީ ބޭނުމަކު އެއްވެސް ބޭފުޅަކު ހައްޔަރުނުކޮށް ބަންދުނުކޮށް ކަމަށެވެ. އަދި އެއްވެސް ނޫސްވެރިޔަކަށް ބިރުދެއްކުމެއް ނެތި ކަމަށާއި، އެއްވެސް ނޫހެއްވެސް އެއްވެސް ޓީވީ ޗެނަލެއް ބަންދުނުކޮށް ޖޫރިމަނާ ނުކޮށް ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންގެ ސިޔާސަތަކީ  ޚިޔާލުފާޅު ކުރުމާއި ނޫސްވެރިކަމާއި ސިޔާސީ ހަރަކާތައް ޖާގަދީގެން ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވަޢުދުތައް ފުއްދުމުގައި ކުރިއަށް ދިއުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ގޮއިދޫ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކަރަންޓުގެ މައްސަލައަކީ ގޮއިދުއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެމައްސަލަ ހައްލު ކުރުމަށް ލަސްވެސް ވެއްޖެ ކަމަށެވެ.

އަދި ލަސްތަކެއްނުވެ އެރަށު އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރަށް ބަދަލުކޮށް ރަނގަޅު ފެންވަރެއްގައި އެރަށަށް ކަރަންޓު ލިބޭނެގޮތައް އެކަމުގެ ޢަމަލީ މަސައްކަތް ފަށައިގަންނާނެ ކަމަށެވެ.  އަދި އެރަށުގެ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށާއި ކުރިއަށް އޮތް ދައުރުތެރޭގައި އެކަންނިންމައި ދިނުމަށް މިއަދު ވަޢުދުވެލައްވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ބ.އަތޮޅުގެ ހަ ރަށަކަށް ރައީސް ޞާލިޙާއި ޓީމުން މިއަދު ވަޑައިގަތުމަށް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މިހާރު ވަނީ ފުޅަދޫ، ފެހެންދޫ، ގޮއިދޫ އަދި އޭދަފުއްޓަށް ވަނީ ވަޑައިގެންފައެވެ. މީގެ އިތުރުން ހިތާދޫ، އަދި ތުޅާދޫ އަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ތުޅާދޫގައި މިރޭ ޖަލްސާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާދަމާ އެމަނިކުފާނު ބ.އަތޮޅު މާޅޮސް، ދޮންފަނު، ކިހާދޫ، ކަމަދޫ، ކެންދޫ އަދި ދަރަވަންދޫއަށް ވަޑައިގަންނަވާނެއެވެ. އަދި ދަރަވަންދޫގައި ޖަގަހަ ބައްދަލުވުމެއް ބާއްވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.