ރޭގެ ޖަލްސާގައި ޝިޔާމް ވާހަކަފުޅު ދައްކަވަނީ
ހަބަރު
22 Aug 2023 | 09:06
އަޅުގަނޑުމެންގެ ރާއްޖޭގައި ފަޤީރުކަން ނެތި ހިނގައްޖެ: ސިޔާމް

ވަރަށް ގިނަ ރައްޔިތުން، އިބްރާހިމް މުހައްމަދު ޞާލިހްއާއެކު އިންތިހާބު ނިމެންދެން ނުވަތަ ފަސް އަހަރުގެ ދައުރެއް ނިމެންދެން އެ މަނިކުފާނުގެ އަރިހުގައި ހުންނަވާނެތޯ ސުވާލު ކުރައްވާ ކަމަށާއި، އެފަރާތްތަކަށް ދޭން އޮތް ޖަވާބަކީ މި ހުންނެވީ ރައީސް ޞާލިޙްގެ ތަރައްގީއާއެކު ކުރިއަށް ދިއުމަށް އަތުކުރި އޮޅާލައިގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ. 

ސިޔާމް މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އަރިހުގައި ބ ތުޅާދޫއަށް ވަޑައިގަތެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

ސިޔާމްގެ ވާހަކަ ފުޅުގައި ވިދާޅުވީ ސިޔާސީ ހަޔާތުގައި މި ހޭދަކުރެވުނު 25 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ސިޔާސީ ލީޑަރުންގެ އަރިހުގައި ރަށްރަށަށް ދަތުރު ކުރެވުނު ކަމަށާއި އެހެންނަމަވެސް، އެ ރަށްރަށަށް ދިއުމުން އެ ރަށްރަށުގެ ރައްޔިތުންގެ ވާހަކަތައް އެބޭފުޅުން އަޑެއް ނާއްސަވާ ކަމުގައެވެ. 

އެހެނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އަރިހުގައި ރާއްޖޭގެ 90 އަށްވުރެ ގިނަ ރަށްރަށަށް ދެވުން އިރު ފެނުނީ ފާއިތުވި 25 އަހަރު އެ ރަށްރަށުގެ ރައްޔިތުން އެދެމުންދިޔަ ނަރުދަމާއާއި ސާފު ބޯފެނުގެ އިތުރުން ކަރަންޓުގެ ހިދުމަތް އެއްކޮށް ނިމިފައިވާ މަންޒަރުކަމުގައެވެ. 

މީގެ އިތުރުން ސިޔާމް ވިދާޅުވީ، އިބްރާހިމް މުހައްމަދު ޞާލިހްގެ ދެން އަންނަ ވެރިކަމެއްގައި ބ އަތޮޅުގެ ކުދި ބޮޑު ހުރިހާ ރަށެއްގައި ފަތުރުވެރިކަން ހަބޭހަށް ފެތުރިގެން ދާނެކަމަށާއި، އޭގެ ސަބަބުން ހީނުކުރާ ވަރަށް މިގައުމުގެ އިގްތިސާދު އެތަށް ގުނައެއް މައްޗަށް ޖެހިގެން ދާނެ ކަމުގައެވެ.

އަޅުގަނޑުމެން ރާއްޖޭގައި ފަޤީރުކަން ނެތި ހިނގައްޖެ! އަޅުގަނޑުމެންގެ ރާއްޖޭގައި ފަޤީރުކަން މިއަދު ބޭނުމެއް ނުވޭ 

އަހުމަދު ސިޔާމް 

އަދި ހަމައެއާއެކު ވިޔަފާރި ކުރާ އެއްވެސް ފަރާތެއްގެ ވިޔަފާރި ކުރިއަށް ނުގޮސްގެން އުޅެން ނުޖެހޭނެ ކަމުގައި ސިޔާމް ވިދާޅުވިއެވެ. 

ސިޔާމްގެ ވާހަކައިގައި އިތުރަށް ވިދާޅުވެފައިވަނީ، ހުރިހާ އެއަރޕޯޓެއް ގައިވެސް ޕްރައިވެޓް ޖެޓްތައް ޖެއްސޭނެހެން ތަަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ރައީސް ޞާލިޙް އެބޭފުޅާއަށް ދަންނަވައިފައިވާކަމަށެވެ. 

ސިޔާމް އެންމެ ފުރަަތަމަ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވިއެވެ. އެހެންނަމަވެސް ފަހުން އެ ނިންމެވުން ބަދަލު ކުރައްވައި ރައީސް ޞާލިޙަށް ތާއީދުކުރައްވައި އެމަނިކުފާނުގެ އަރިހުގައި ރާއްޖެގެ ރަށްތަކަށް ކެމްޕެއިން ދަތުރުތައް އަންނަނީ ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.