ތުޅާދޫ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
ހަބަރު
21 Aug 2023 | 22:59
ޖެނުއަރީމަހުން ފެށިގެން ގިނަ ދާއިރާތަކެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ރައީސް ވައުދުވެވަޑައިގެންފި

އަންނަ އަހަރަށް ފާސްކުރެވޭ ބަޖެޓާއެކު ޖެނުއަރީމަހުން ފެށިގެން ގިނަ ދާއިރާތަކެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވައުދުވެވަޑައިގެންފިއެވެ. 

މިރޭ ބ ތުޅާދޫގައި ކުރިއަށްދާ އެ މަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީގެ ޕޭ ހަރމަނައިޒޭޝަން ނިމިގެންދާއިރު ސަރުކާރުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމުގައެވެ. 

އެގޮތުން އަންނަ ދައުރެއްގައި ސިފައިންނާއި ފުލުހުންގެ އިތުރުން ޖުޑިޝަރީގެ މުވައްޒަފުންނާއި ކަސްޓަމްސް، އިމިގްރޭޝަން، ކަރެކްޝަންސް، ސިވިލްސާވިސް ގައި ބާކީ ހިމެނޭ ހުރިހާ މުވައްޒަފުން، އިމާމުންގެ އިތުރުން ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ ސިވިލްސަރވެންޓުންގެ މުސާރައަށް ބަދަލު ގެނައުމަށް މިހާރު ނިންމާފައިވަނީ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. 

އެވްރެޖްކޮށް ކޮންމެ މީހެއްގެ މުސާރައަށް 40 ޕަސެންޓްގެ އިތުރުވުމެއް އަންނާނެ

ރައީސް ޞާލިޙް 

މީގެ އިތުރުން ރައީސްގެ ވާހަކަ ފުޅުގައި މިރޭ ވަނީ ތުޅާދޫއަށް ދެން އަންނަ ދައުރެއްގައި ކޮށްދެއްވާނެ ކަންތައްތައް އިއުލާން ކުރައްވައިފައެވެ. 

އެގޮތުން އެރަށުގައި އިތުރު 100 ހައުސިންގް ޔުނިޓް އެޅުމާއި ބަނދަރުގެ ނެރުގެ މައްސަލަ ހައްލުކޮށް ބޭރު ތޮށި ބޭނުން ކުރެވޭ ގޮތް ހެދުމާއި، އެއަރޕޯޓެއް އެޅުމުގެ އިތުރުން އެރަށުގެ ބޮޑެތި ހުރިހާ ރަށްތަކެއްގައި ތާރު އަޅުއްވައިދޭނެކަމަށް ރައީސް ޞާލިޙް ވަނީ ވައުދުވެ ވަޑައިގެންފައެވެ. 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ކެމްޕެއިންގައި ގިނަ ރަށްތަކަކަށް ވަޑައިގެން ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ކޮށްދެއްވާނެ ގިނަ ކަންތައްތަކެއްގެ ވައުދުތަކެއް އަންނަނީ ވެވަޑައިގަންނަވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.