ރައީސް ޞާލިޙް ކިހާދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
22 Aug 2023 | 16:12
ރައްޔިތުންގެ މާބޮޑު ކަންބޮޑުވުންތަކެއް މިސަރުކާރާއިމެދަކު ނެތް: ރައީސް ޞާލިޙް

މިސަރުކާރާއި މެދު ރައްޔިތުންގެ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބ.ކިހާދޫއަށް ކުރެއްވެވި ޒިޔާރަތުގައި އެރަށުގައި ބޭއްވި ކެމްޕޭނު ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެން މިކުރާ ދަތުރުތަކުން ވަރަށް ބޮޑަށް ސާފުވާއެއް ކަމެއް އެބެއް، ރައްޔިތުންގެ މާބޮޑު ކަންބޮޑުވުންތަކެއް މިސަރުކާރާއި މެދުގައި ނެތްކަން، އަރާ ފައިބާ ކޮންމެ ރަށަކުން ސިޔާސީ ވަކި ބަޔަކު އަމިއްލަ ވަކި ބޭނުމެއްގައި ކޮށްލާ ބައެއް ކަންތައް ބައެއް ރަށްރަށުން ފެނޭ، އެހެންނަމަވެސް ޖުމްލަކޮށް އަޅުގަނޑަކަށް އަދިއެއް ނުފެނޭ އެއްވެސް ރަށަކުންނެއް މިސަރުކާރާއި ދޭތެރޭގައި އެހާބޮޑަށް ހިތްހަމަނުޖެހިގެން އުޅޭތަނެއް" 

ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ކޮންމެ ބައެއްގެވެސް ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރެދާނެ ކަމަށާއި، އެއްވެސް މީހަކީ ހުރިހާ ކަމެއް 100 ޕަސެންޓް ރަނގަޅަށް ކުރެވޭނެ މީހެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.

ރައީސް ޞާލިހް އިތުރަށް ވިދާޅުވިގޮތުގައި ކުރީގައި ނުކުންނަނީ އިދިކޮޅުން އެންމެން އެކުވެގެން އެއިރެއްގައި އޮންނަ ސަރުކާރެއް ވައްޓާލުމަށް ކަމަށާއި، ނަމަވެސް އެއާއި ޚިލާފަށް މިހާރު އެޖޯޝު ނެތް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން މިވެރިކަމާއި މެދު މާބޮޑަކަށް ހިތްހަމަނުޖެހިގެން އުޅޭތަން ނުފެންނަކަމަށެވެ.

ބ.އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅަށް ފަހު ރ.އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.