ކަމަދޫގައި ބޭއްވުނު ބައްދަލުވުމުގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
22 Aug 2023 | 16:16
ކުރީދައުރުގައި ރައްޔިތުންނަށް ޚިދްމަތް ނުކުރެވި ދިޔައީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުން: ރައީސް ޞާލިޙް

2013 އިން 2018 އަށް ދިޔަ ދައުރުގައި ރައްޔިތުންނަށް ކަމެއް ކޮށްނުދެވި ދިޔައީ ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރި ވުމުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި އެއަތޮޅުގެ ކަމަދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

"ދައުލަތަށް ލިބޭ ފައިސާ ޚަރަދުކުރަންވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތައް، ދައުލަތުގެ މުދާ ކުއްޔަށް ދީގެން  ލިބޭ ފައިސާ ޚަރަދުކުރަން ޖެހޭނީ ރައްޔިތުންނަށް، އެކަމަކު 2013 އިން 2018 އާއި ދޭތެރޭ ވެރިކަން ކުރި ފަރާތްތަކުން އެކަން ނުކުރެވުނީ ކީއްވެގެންތޯ؟" 

ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސުވާލު ކުރަން އެބަޖެހޭ ކަމަށެވެ.

"ފަސްއަހަރުގެ ފުރުސަތެއް ރައްޔިތުން ދެއްވި ހުރިހާ ބާރަކާއި އެކީގަ، މަޖިލީހުގެ ބޮޑު މެޖޯރިޓީއާއި އެކު، އެހެންނަމަވެސް ނުކުރެވުނީ ކީއްވެގެންކަން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އިނގޭ، ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވީ، އިހުމާލުވީ" 

ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ބޮޑެތި ފަޅުތަކާއި ބޮޑެތި ރަށްތައް ކުއްޔަށްދީގެން ދައުލަތުގެ ބަޖެޓަށް ވައްދަންވީ ފައިސާ ގެއްލުވާލީ ކަމަށާއި، އެފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރެއްވި ކަމަށެވެ.

"ލިބުނު އެއްޗެއްވެއްޖެއްޔާ ޚަރަދު ކުރަން ޖެހުނީ ޕެޕަރ ސްޕްރޭޔާއި ޖަލުގައި ރައްޔިތުން ބެހެއްޓުމަށް" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ އޭރު ޤައުމުގެ އަމާންކަން އޮތީ ގެއްލިފައި ކަމަށާއި ވެރިކަން ކުރަންމަސައްކަތް ކުރީ ގަދަކަމުން ކަމަށެވެ. އަދި ބަޖެޓުގެ ބޮޑުބައި ހޭދަކުރަން ޖެހުނީ ޕެޕަރސްޕްރޭއަށް ކަމަށް ވިދާޅުވެ ކުރީގެ ވެރިކަމަށް ރައީސް ޞާލިޙް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

ބ.އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މިރޭ އެއަތޮޅު ދަރަވަންދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ރައީސް ޞާލިޙްގެ ކެމްޕޭނު ޓީމުން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ