ރައީސްގެ އިންތިހާބީ މަންދޫބު މާރިޔާ އަހްމަދު ދީދީ
ހަބަރު
23 Aug 2023 | 12:07
ފާއިތުވި ފަސް އަހަރު ސިފައިންގެ އޮންނާނީ ވަރަށް ރީތި ރިކޯޑެއް: މާރިޔާ

އުތުރު ތިލަފަޅަށް ދިވެހި ސިފައިންނަން ނެތްކަމަށް ބުނެ ދައްކަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، ރާއްޖެގެ މިނިވަންކަމާއި ގުޅުންހުރި އެފަދަ ބޮޑެތި ކަންކަމުގައި ސިފައިންގެ ބޮލުގައި އެފަދަ ތުހުމަތުއް ނޭޅުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފިއެވެ. 

މާރިޔާ މިފަދައިން ވިދާޅުވީ މިނިސްޓަރ މާރިޔާ މިފަދައިން ވިދާޅުވީ ސޯލްޓް ކެފޭ ހުންނަ ޝައިންޓްރީ ބިލްޑިންގައި ގާއިމްކޮށްފައިވާ ރައީސް ސޯލިހުގެ ކެމްޕެއިން އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. 

މާރިޔާ އިތުރަށް ވިދާޅުވި ފާއިތުވި ފަސް އަހަރު ދިވެހި ސިފައިންގެ ވަރަށް ރީތި ސާފު ރިކޯޑެއް އޮންނާނެ ކަމަށާއި އެހެންކަމުން އެކަން ކިލަނބުކޮށްލަން ނޫޅުމަށެވެ. 

ސިފައިންނާއި ފުލުހުންނަކީ ސިޔާސީ ޕޯޑިއަމްތަކުގައި އެ ބޭފުޅުން ގެންގުޅުއްވާ ހަރާކާތަކަށް ނުހައްދަވާ 

މާރިޔާ 

މާރިޔާގެ ވާހަކަފުޅުގައި ވިދާޅުވީ އައިޖީއެމްއެޗް ހެދީރުވެސް އެއީ އިންޑިޔާގެ ބޭސްއެއް ކަމަށް ބަޔަކު ބުނަމުން އައިކަމަށާއި އަދި އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ހަދަމުން އައި އިރުވެސް ހަމަ އެފަދައިން ބުނަމުން އައިކަމަށެވެ. އަދި ދިވެހި ސިފައިންނަށް އުތުރު ތިލަފަޅަށް އެރުމުގެ ހުއްދަ ނެތްކަމުގައި ވިިދާޅުވެ ދައްކަވަނީ ބުހުތާނު ވާހަކަތަކެެއް ކަމުގައި ވިދާޅުވެ މާރިޔާ ވިދާޅުވީ، ދިވެހިންގެ ރައްކާތެރިކަމުގައި ތިއްބެވި ފުލުހުންނާއި ސިފައިންނަށް އެފަދަ ބަސްތައް ރައްދު ނުކުރެވުމަށް އިލްތިމާސް ކުރައްވާ ކަމުގައެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
ކޮންގްރެސްގެ އެތެރޭގެ އިންތިހާބު: 33،000 މެންބަރުން ވޯޓް ލި
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު އެ ޕާޓީގެ 69,000 މެންބަރުންގެ ތެރެއިން 40,000 މެންބަރުންނަށް ލިބިފައި އޮތެވެ. ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހިސާބުތައް ދައްކާ ގޮތުން މިއަދުގެ އިންތިހާބުގައި 85 އިންސައްތަ މެންބަރުން ވަނީ ވޯޓްލާފަ އެވެ.
11 Jul 2026
ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމު: ރައީސް
އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
11 Jul 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ