ރައީސްގެ އިންތިހާބީ މަންދޫބު މާރިޔާ އަހްމަދު ދީދީ
ހަބަރު
23 Aug 2023 | 12:17
ރިޔާސީ ކެންޑިޑޭޓްކަން ލިބުމުގެ ކުރިންވެސް ރައީސް ޞާލިހު ރަށްރަށަށް ދަތުރު ކުރައްވާ: މާރިޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ރަށްރަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބައްލަވަނީ ރިޔާސީ ކެންޑިޑޭޓްކަން ލިބިލެއްވީމަ ނޫން ކަމަށާއި، އޭގެ ކުރިންވެސް އަބަދުވެސް އެ މަނިކުފާނު ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބައްލަވާ ކަމުގައި ރައީސް ޞާލިޙްގެ އިންތިހާބީ މަންދޫބު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. 

ސޯލްޓް ކެފޭ ހުންނަ ޝައިންޓްރީ ބިލްޑިންގައި ގާއިމްކޮށްފައިވާ ރައީސް ސޯލިހުގެ ކެމްޕެއިން އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ރައީސް ޞާލިޙަށް ކެރިވަޑައިނުގަންނަވާ ދެކަމެއްގެ ގޮތުގައި ރިޔާސީ ބަހުސްގައި ބައިވެރިވެ ވަޑައިގަތުމާއި ހިޔާ ފްލެޓް ސަރަހައްދަށް ޒިޔާރަތްކުރުން ހިމެނޭނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ބުނުމާއި ގުޅޭގޮތުން ނޫވެސްވެރިއަކު ވަނީ މާރިޔާ އާއި ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ރައީސް ޞާލިޙްގެ ކެމްޕެއިންގެ ކަންކަން ކުރިއަށް ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ބުނަމުންދާ އެއްޗަކަށް ބަލައިގެން ނޫންކަމަށާއި އެއީ އެމަނިކުފާނުގެ އުސޫލުތައް ހުންނާނެ ގޮތެއްވެސް ނޫންކަމަށެވެ. 

ހަމައެއާއެކު މާރިޔާ ވިދާޅުވީ، ރައީސް ޞާލިހްގެ ބ އަތޮޅުގެ ކުދި ކުދި ރަށްތަކަށް ވަޑައިގަތުމުން ކުޑަ ކުޑަ އާބާދީއަކުން 250 މީހުން ނިކުމެ މަރުހަބާ ދަންނަވާކަމުގައެވެ. 

އެހެންނަމަވެސް އިދިކޮޅު ކެންޑިޑޭޓް މުއިއްޒު އައްޑޫއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށްވެސް ނިކުތީ 250 މީހުން ކަމަށެވެެ. 

ރައީސަށް ކުޑަ އާބާދީއަކުން އޮތް ތަރުހީބު އެ ދެއްކެނީ ބޮޑު އާބާދީއަކުން 

މާރިޔާ 

އެގޮތުން މާރިޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތައް ދައްކަނީ ކަންބޮޑުވެގެން ކަމަށާއި ކުރިން ރައީސް ޞާލިޙް ސްލޯކަމަށް ވިދާޅުވެވެ ތިއްބާ ރަށްރަށުގެ މަޝްރޫޢުތައްް ނިންމަންފެށުމުން ހަމަ ވާހަކައެއް ދައްކަވަނީ ކަމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.