ކަނޑިތީމު ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
23 Aug 2023 | 14:08
ކަނޑިތީމުގެ ބޮޑެތި މަގުތައް ހަދައި ރަށް ކައިރީ ރިސޯޓެއް ތަރައްގީ ކުރާނަން: ޑރ. މުއިއްޒު

ށ ކަނޑިތީމު ކައިރީގައި އެއާޕޯޓެއް އަޅައި، އެރަށު ބޮޑެތި މަގުހެދުން ހިމެނޭހެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކަނޑިތީމަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވައިފިއެވެ. 

ރިޔާސީ ކެންޕެއިނަށް ށ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ކަނޑިތީމަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުޢިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި އެރަށަށް ކޮށްދެއްވާނެ ކަންކަން ހާމަ ކުރައްވާފައެވެ.  

އެގޮތުން ވިދާޅުވީ، ކުނި މެނޭޖުކުރުމާއި، ރަށްގިރުމުގެ މައްސަލަ ފަދަ ކަންކަން ހައްލުކޮށްދިނުމަކީ ވެރިން ކޮށްދޭންޖެހޭ އަސާސީ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ކޮންމެ ރަށަކަށް ވަކިވަކިން ވަޢުދުވެވަޑައިނުގެންނެވި ނަމަވެސް، އެއީ އަސާސީ ކަމެއް ކަމުގައި ދެކިގެން އެކަން ކަނޑިތީމަށާއި އެހެން ރަށްރަށަށްވެސް ކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

މީގެ އިތުރުން މުޢިއްޒު ކަނޑިތީމަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި؛ 

1) ރައްޔިތުން އެދޭގޮތަށް ކަނޑިތީމު ބަނދަރު ބޮޑުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން  

2) ސިއްހީ ޚިދުމަތް ފުޅާކޮށް ކަނޑިތީމު ސިއްހީ މަރުކަޒު ވަރުގަދަ ކުރުން. 

3) ކަނޑިތީމު ބޮޑެތި މަގުތައް ހެދުން.

4) ބޭންކުގެ ފުނަދޫ ބްރާންޗުގެ ސެލް އެއް ގާއިމް ކުރުން. 

5) ބޮނާފަރު ފަޅު ހިއްކައިގެން ރިސޯޓެއް ހެދުން

6) ކުޑަދޫ އިން އިގްތިޞާދީ ފައިދާ ހޯދޭނެ މަގު ފަހިކޮށްދިނުން.

7) އަލަށް އާބާދު ކުރެވުނު ސަރަހައްދަށް ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ދިނުން

8) ޒުވާނުންގެ މަރުކަޒެއް ގާއިމް ކުރުން

މީގެ އިތުރުން ވެސް މުޢިއްޒު ވިދާޅުވީ، އެ ދާއިރާގެ ރަށެއް ކަމުގައިވާ ބިލެއްފަހި ފަޅު ހިއްކައި އެއާޕޯޓް އެއް އަޅައިދެއްވާނެ ކަމަށެވެ. އަދި އެއާއެކު ދަތުރުފަތުރު ކުރުމަށް ފަސޭހަވެ އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރައި ދާނެ ކަން ވެސް ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.