ރައީސް ޞާލިޙް ކުޑަރިކިލު ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
23 Aug 2023 | 14:05
ވަޢުދުތަކަކީ މިހެން ތިބެފައި ވާ ވަޢުދުތަކެއް ނޫންކަމަށް ވިދާޅުވެ ރައީސް ޞާލިޙް ކުޑަރިކިލަށް ގިނަ ވަޢުދުތަކެއް

ވެވަޑައިގަންނަވަމުން އަންނަ ވަޢުދު ތަކަކީ ހަމަ ހުންނަވާފައިވާ ވަޢުދު ތަކެއް ނޫން ކަމަށް ވިދާޅުވެ ބ.ކުޑަރިކިލަށް ތަރައްޤީގެ ގިނަ ވަޢުދުތަކެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފިއެވެ.

ބ.އަތޮޅަށް ކުރައްވަމުން ދިޔަ ކެމްޕޭން ދަތުރުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ކުޑަރިކިލަށް ވަޑައިގެން ރައީސް ޞާލިޙް ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

ކުޑަރިކިލު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެރަށުގެ ސިއްޚީ މަރުކަޒުގެ ޚިދްމަތް އިތުރަށް ފުޅާކޮށް ރައްޔިތުންނަށް ބޭނުންވާ ވަޞީލަތްތައް ހެލްތް ސެންޓަރުގައި ޤާއިމް ކޮށްދެއްވާނެ ކަމަށެވެ.

މީގެއިތުރުން އެރަށު ސްކޫލަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދައިދީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އަޅައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުން ބޭނުންވާގޮތައް ވަޞީލަތްތަކާއި އެކު ޒުވާނުންގެ މަރުކަޒެއް އަޅައިދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ހަމައެއާއި އެކު ރައްޔިތުން ބޭނުންވާގޮތައް ބޭންކިންގެ ޚިދްމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދިނުމަށްޓަކައި އޭޓީއެމް އެއް ޤާއިމްކޮށްދެއްވާނެ ކަމަށާއި، ރަށުގެ ކަރަންޓަށް ދިމާވެފައި އޮތް ދަތިކަން ހައްލުކޮށްދިނުމަށް ޓަކައި މިހާރަށްވުރެ ފަސޭހައިން އެޚިދްމަތް ފޯރުކޮށްދިނުމަށް ފެނަކަ މެދުވެރިކޮށް އެމަސައްކަތް ކޮށްދެއްވަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެރަށުގެ ޒުވާނުން އެދޭގޮތައް އެރަށުގެ ފުޓްބޯޅަ ދަނޑު އަޅައިދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދިހަމަ އެރަށުގެ ރައްޔިތުމން އެދިފައިވާ ގޮތައް އެރަށުގައި ކުޑަކުދިންގެ ޕާކެއް އަޅައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނދުމެންގެ މިވަޢުދުތަކަކީ ހަމަމިހެން ތިބެފަ ބުނެލާ އެއްޗެއްނޫން، އަޅުގަނޑުމެންގެ ބައެއް އިދިކޮޅު ކެންޑިޑޭޓުން ދައްކާ ވާހަކައެއް އެއީ، ހަމައަރާގޮތައް އަރާ ވަޢުދުތަކެއް ވަމުންނޭ އެދަނީ، އެއްގޮތަކަށްވެސް ބަލައެއް ނުލައޭ" ރައީސް ޞާލިޙް ވިދާޅުވީއެވެ.

ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ޚިދްމަތް ކޮށްދެއްވުމަށް ޓަކައި ކަމަށެވެ. ރައްޔިތުން ޓެކްސް ދައްކަނީ އެމީހުންނަށް ލިބެންޖެހޭ ޚިދްމަތްތައް ފޯރުކޮށްދޭނެ ކަމަށް ކަމަށާއި، އެއީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެފައިސާ އެހެން ކަންކަމަށް ބޭނުން ކުރެވިގެން ނުވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ބ.އަތޮޅަށް ކުރައްވަމުން ގެންދެވި ކެމްޕޭނު ދަތުރުފުޅަށް ފަހު މިހާރު ރައީސް ޞާލިޙާއި ޓީމު ވަނީ ރ.އަތޮޅަށް ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.