ގާސިމް އިބްރާހިމް
ހަބަރު
23 Aug 2023 | 16:07
އަސަރާއެކު ގާސިމް ކިޔައިދެއްވީ ތުއްތު އިރު މަންމާފުޅު ނިޔާވެ ލޯފަން ބައްޕާފުޅާއެކު ހަޔާތް ކުރިއަށް ދިޔަގޮތް!

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ގާސިމް އިބްރާހީމް ތުއްތުއިރު މަންމާފުޅު ނިޔާވެ، ލޯފަން ބައްޕާފުޅާއެކު ހަޔާތް ވޭތުވެގެންދިޔަ ގޮތް ވަރަށް އަސަރާއި އެކު ކިޔައިދެއްވައިފިއެވެ. 

ރިޔާސީ ކެމްޕެއިނަށް ނ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ގާސިމް ވަނީ ވަރަށް އަސަރާއި އެކު 2005 ވަނަ އަހަރުގެ ކުރިން ގައުމު އޮތް ހާލަތަށް ނަޒަރު ހިންގަވާލައްވާފައެވެ. އެގޮތުން ގާސިމް ވިދާޅުވީ އޭރު ދަތުރުފަތުރުގެ ނިޒާމާ، ބޭސް ފަރުވާގެ ނިޒާމުވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށެވެ. 

"ކޮންމެސް ކަންވެރިއަކު އަތުގައި ތަވީދެއް އަޅުވާލަފާނެ. އަންހެންވެރިން ވިހަންވެގެން އާލާސްކަންފުޅާ، ވިހަން ތަންމައްޗަށް އަރާފައި ވާގޮތް އަޅުގަނޑު އިތުރަށް ދަންނަވާކަށް ނުޖެހޭނެ. ވަރަށް ގިނަ އަޅުގަނޑުމެންގެ ތެރެއިން އަންހެން ކަނބަލުންނަކީ ޅަ އުމުރުގައި ފުރަތަަމަ ދަރިފުޅަށް ބަލިވެ އިނދެ ދުނިޔެ ދޫކުރައްވާ ކަނބަލުން." ކުރީ ޒަމާނު ކަންކަން އޮންނަ ގޮތް ކިޔައިދެއްވަމުން ގާސިމް ވިދާޅުވިއެވެ. 

އެފަދައިން ކަންކަން ދިމާވާ ސަބަބެއް ކަމަށް ގާސިމް ވިދާޅުވީ އޭރު ސިއްހީ ވަސީލަތްތަކާއި، އެކަމަށް ބޭނުންވާ ގާބިލް މީހުން ނެތުމުން ކަމަށެވެ. 

މިއާއެކު ގާސިމް ވަނީ އޭނާގެ އުމުރުން މިވީ 73 އަހަރުގެ ތެރޭގައި ކޮށްފައިވާ ތަޖުރިބާ ތަކާއި، ދިމާވެފައިވާ ދަތިއުނދަގޫތައް ކިޔައި ދެއްވާފައެވެ. 

"އަޅުގަނޑުގެ މަންމަ މަރުވީ އަޅުގަނޑުގެ އުމުރުން އެއް މަހާއި ނުވަ ދުވަހުގައި. ވަރަށް ނިކަމެތި ދުވަސް ތަކެއް. ދެވަނަ ބޮޑު ހަނގުރާމައިގެ އެންމެ ތަދު ދުވަސް. މަގޫފަތް ކައިގެން ރާއްޖޭގެ ގިނަ ރައްޔިތުން އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ހަނގުރާމަ ކުރަމުން ދިޔަ ދުވަސް. އެހާލަތުގައި އޮތީ. އޭރު އަޅުގަނޑުގެ މަންމަ މަރުވީމަ، އަޅުގަނޑުގެ މާމަ އަޅުގަނޑު ބަލާބޮޑުކުރީ. އަޅުގަނޑުގެ އާއިލާ ކޮންމެވެސް އެހެން ބޭފުޅަކު ކިރުދީގެން އަޅުގަނޑު ބޮޑުވެގެން އައީ. އުމުރުން ދިހަ އަހަރުގައި މާމަ މަރުވީމަ ދެން ބައްޕަ، ބައްޕަ އަކީ ލޯފަން މީހެއް. ބައްޕަ ބުނެފި ދެން ތިމަންނަ އަކަށް ނެތޭ އެހެން ގޮތެއް. ދަރިފުޅު ބަލަހައްޓާނެ މީހެއް ނެތޭ. ދަރިފުޅާ ހިނގާށޭ ބައްޕައާއެކު ފަޅު ރަށަކަށް." ތުއްތުއިރު މަންމަ ނިޔާވުމުން ގާސިމް ބަލަމުންއައި މާމަ ނިޔާވުމުން ލޯފަން ބައްޕައާއި އެކު މަސައްކަތުގެ މައިދާނަށް ނުކުންނެވި ސަބަބު، ކީރިތި ކުރައްވާ ހާލުގައި ހާމަކުރައްވަމުން ވަރަށް އަސަރާއި އެކު ގާސިމް ކިޔައި ދެއްވިއެވެ. 

ކެނދިކުޅުދޫ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ--ފޮޓޯ/ޖޭޕީ

ގާސިމް ވިދާޅުވީ ބައްޕައާއި އެކު ދ އަތޮޅުގެ ފަޅުރަށަކަަށް ވަޑައިގެން އެރަށު މަސައްކަތް ކޮށް އުޅޭ މީހުންނަށް ކައްކާ ދިނުމުގެ މަސައްކަތް ކުރެއްވި ކަމަށެވެ.

"އެދުވަސްވަރު މަޒާޖީ ގޮތަށް އަޅުގަނޑާ ދިމާއަށް "ކައްކާ ކޮކީ" އޭވެސް ގޮވާލާނެ." 

ގާސިމް އިބްރާހިމް 

އެ ދުވަސްވަރަކީ ދަތި އުނދަގޫ ދުވަސްތަކެއް ނަމަވެސް އުޅޭ ތަނުން ބޭރުގައި ހިނގާ ކަންކަން އެނގިވަޑައިނުގަންނަވާތީ އުޅުއްްވީ ވަރަށް އުފަލާއި އެކުގައި ކަމަށް ގާސިމް ވިދާޅުވި އެވެ. 

އެގޮތުގައި ހަތަރު އަހަރު ހޭދަކުރެއްވި ފަހުން ދ ކުޑަހުވަދޫ މުދިން ކަލޭގެފާނުގެ ދަރިފުޅު ކިޔަވަން މާލެ ދާވާހަކަ އެކުއްޖާ ބުނުމުން ގާސިމްވެސް ކިޔަވާ ވިދާޅުވާން މާލެ ފޮނުވައި ދެއްވުމަށް ބައްޕާފުޅުގެ އަރިހުން އެދިލެއްވި ކަމަށާ، އުމުރުފުޅުން ހަގު ކަމުން ބައްޕާފުޅު އެކަމަށް އެއްބަސްވެވަޑައިގެންނެވީ ވަރަށް އުނދަގުލުން ކަމަށް ގާސިމް ވިދާޅުވި އެވެ.

މާލެ ގޮސް އެންމެ ފުރަތަަމަ ހުންނެވީ މުހައްމަދު ޒަކީގެ ގެކޮޅުގައި ކަމަށާށ އެބޭފުޅާވެސް އޭރު އުޅުއްވަމުން ދިޔައީ ވަރަށް ހާލުގައި ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންނަމަވެސް އެ ހާލުގައިވެސް ގާސިމް އާލިޔާ ސުކޫލަށް ކިޔަވަން ފޮނުއްވި ކަމަށާ، އެތަނުގައި ދުވަސްކޮޅަކު އުޅުއްވުމަށްފަހު ޔުނީފޯމު ފަދަ ތަކެތި ނެތުމުން ސުކޫލުން ވަކިވާން ޖެހުނު ކަމަށް ގާސިމް ވިދާޅުވި އެވެ. އެފަހުން ޓިއުޝަން ކްލާސްތަކުން ފަދަ ތަންތަނުން ތައުލީމް ހާސިލް ކުރެއްވި ކަމަށާ، އެގެއިން އެހެން ގެއަކަށް ބަދަލުވެގެންވެސް ގޭގައި ކުރަންޖެހޭ މަސައްކަތްތަކާއިހުރެ ކިޔަވާނެ ވަގުތު ވެ ނުލައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެއީ ކިޔަވަން އަންނަ ހުރިހާ ކުދިންގެވެސް އޭރުގެ ހާލު ކަމަށް ގާސިމް ސިފަކުރެއްވިއެވެ. 

ނަމަވެސް ދެވަނަ ގެއަށްފަހު ތިންވަނަ އަށް ހުންނެވީ އިލްޔާސް ކިޔާ ބޭފުޅެއްގެ ގޭގައި ކަމަށާ، އެ ބޭފުޅާގެ އެހީއާއިއެކު ހަމައެކަނި ކިޔެވުމަށް އެކަނި ހާއްސަވެގެން ހުރެ ލިބުނު ކިޔެވުމުގެ ފުރުސަތުގެ ތެރެއިން، ސަނަދުތައް ހޯދައިގެން ސަރުކާރު ވަޒީފާތަކަށް އާދެވުނު ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ ހޮސްޕިޓަލުގައި އޭރު އަދާކުރެއްވި މަގާމުގެ ކުރިއަރައިގެން ދިޔަ ގޮތްވެސް ފާހަގަކުރެއްވިއެވެ.

އެއަށްފަހު ގާސިމް ވިދާޅުވީ އެވާހަކަތައް ކިޔައިދެއްވީ އޭރުގެ ހާލަތާއި މިހާރުގެ ހާލަތާ ދެމެދު ހުރި ތަފާތު ހިއްސާކުރެއްވުމަށް ކަމަށެވެ. އަދި އޭނާގެ ހަޔާތުގައި ދިމާވި ގޮންޖެހުންތަކާއި، އެހެންވެސް ކަންކަމާއި ގުޅޭ ގޮތުން ބަޔޮގްރަފީއެއް ވަރަށް އަވަހަށް ނެރޭނެކަމަށެވެ. މި ބަޔޮގްރަފީގައި 1،800 އަށްވުރެ ގިނަ ސަފުހާ ހިމެނޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ކެނދިކުޅުދޫ ޖަލްސާގައި ގާސިމް --ފޮޓޯ/ޖޭޕީ

ގާސިމް ވިދާޅުވީ އޭރުގެ ދަތި އުނދަގޫ ތަކުން ފެށިގެން މިއާދާއި ހަމައަށް ވާސިލް ވުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވި އެކަކީ އޭނާ ކަމަށެވެ. އަދި އެ މަސައްކަތުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އާއި މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ވެރިކަމަށް ކުރިމަތިލެއްވީވެސް ވެރިކަމަށްވުރެ ބޮޑަށް، ގައުމަށް އިސްލާހީ ބަދަލެއް ގެނައުމަށްކަމަށް ގާސިމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.