ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު--
ހަބަރު
24 Aug 2023 | 15:00
ދެވަނަ ދައުރެއް ދީފިނަމަ، އިނގުރައިދޫ ގައި ހައުސިންގް ޔުނިޓެއް އަޅައި، ބޯޓު ޔާޑެއް ހަދާނަން: ރައީސް ޞާލިހު

ކުރިއަށް އޮތް ދައުރަށް އިންތިހާބު ކުރައްވައިފި ނަމަ، ރ. އިނގުރައިދޫގައި ހައުސިންގ ޔުނިޓެއް އަޅައި، އެރަށުގައި ބޯޓު ޔާޑެއް ހައްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ރ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު، އެއަތޮޅު އިނގުރައިދޫ އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ހަމަހަމަ ކަމާއިއެކު ޚިދުމަތްތައް ފޯރުކޮށްދެވިފައިވާ ކަމަށެވެ. 

އެގޮތުން، ރ އަތޮޅަށާއި އިނގުރައިދޫ އަށްވެސް ކަންކަން ކޮށްދެވިފައިވާ ކަން ފާހަގަކުރެއްވިއެވެ. 

ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ދައުރުގައިވެސް އުފާވެރި އަމާން ރާއްޖެއެއް ހޯދައި ދިނުމަށް ކޮށްދިނުމަށް ގިނަ ކަންކަން ރޭވިފައިވާ ކަމަށެވެ. އެގޮތުން އުނގޫފާރަށް ކޮށްދިނުމަށް ނިންމާފައިވާ ކަންކަން އެމަނިކުފާނު ވަނީ ހާމަކޮށްދެއްވާފައެވެ. އެއީ؛

1. ބޯހިޔާވަހިކަން ފަހިކޮއްދިނުމަށް ހައުސިން ޔުނިޓް އަޅައިދިނުން.

2. ބަނދަރު ނެރު ހައްލުކޮށް ބަނދަރު އަޕްގުރޭޑް ކޮއްދިނުން.

3. ރަށުގެ އިރުމަތިކޮޅުން ބިން ހިއްކާ ބޯޓު ޔާޑެއް ހެދުން.

4. ކައުންސިލް އިދާރައިގެ އައު އިމާރާތެއް އެޅުން.

5. ހޭންޑު ބޯލް ކޯޓެއް އެޅުން.

ރައީސް ޞާލިހު ވިދާޅުވީ އެކަންކަމުގެ އިތުރުންވެސް އިނގުރައިދޫ ރައްޔިތުން ބޭނުންވާ އެހެން ކަންކަން ހުރި ނަމަ، އެކަންކަންވެސް ސަރުކާރުގައި އެދުމުން ކޮށްދެއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.