ޤާސިމް އިބްރާހިމް ރައީސް ޞާލިހުގެ އަރިހުގައި/ ފޮޓޯ: އިންޓަނެޓް
ހަބަރު
25 Aug 2023 | 06:08
ސިޔާމު ހުރީ އަޅުގަނޑާއެކު، ވޯޓުދޭނީ ވެސް އަޅުގަނޑަށޭ ބުނި: ޤާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވާދެއްވުމަށް ކޯލިޝަން ހައްދަވައިގެން ހުންނެވި ނަމަވެސް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި، ރިޔާސީ އިންތިޚާބުގައި ސިޔާމު ވޯޓުދެއްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. 

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ ނ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ނ މިލަދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

ޤާސިމް ވިދާޅުވީ މިއަދު އެމްޑީޕީއާއި ކޯލިޝަން ހައްދަވައިގެން ހުންނެވި ސިޔާމަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އޭނާ މި އިންތިޚާބުގައި ރައީސް ޞާލިހާއެކު ކޯލިޝަން ހައްދަވަން ނިންމެވީ ކޯޓުގައި މައްސަލަތަކެއް އޮތުމުންކަމުގައި ދަންނަވާހިތް ނެތްކަމަށް ޤާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާމަކީ ވަރަށް ވިސްނުން ތޫނު ބޭފުޅެއް ކަމަށާއި، އޭނާ އަބަދުވެސް މަސައްކަތްޕުޅު ކުރައްވާނީ އެއިރެއްގައި ވެރިކަމުގައި ހުންނަވާ ބޭފުޅަކާއި ގުޅިވަޑައިގެން، އޭނާގެ ވިޔަފާރިތަކަށް ނިކަމެތިކަމެއް ނުލިބޭނެ ގޮތަށް ވިސްނަވައިގެން ކަމަށެވެ. 

ސިޔާމު ސަރުކާރާއި ދެކޮޅުވާން ބޭނުން ނުވާ ކަމަށާއި، އަދަބުވެސް ސަރުކާރު ފަޅީގައި ހުންނަވައިގެން އޭނާގެ އަމިއްލަ މަސްލަހަތު ކުރިއަރުވަން މަސައްކަތްކުރައްވާކަމަށް ޤާސިމް ވިދާޅުވި އެވެ.

އެގޮތުން މިއަދު ވެރިކަން ކުރާ މައި ޕާޓީއަކީ އެމްޑީޕީކަމަށް ވުމުން، ރައީސް ޞާލިހުގެ ފަހަތްޕުޅުގައި ހުންނެވި ނަމަވެސް ހާލަތު ބަދަލުވާ ގޮތަކުން ސިޔާމުގެ ތާއީދު ރައީސް ޞާލިހަށް ގެއްލުމަކީ ގާތުގައިވާ ކަމެއްކަމަށް ޤާސިމް ވިދާޅުވި އެވެ. 

އޭގެ އިތުރުން ޤާސިމް ވިދާޅުވީ ސިޔާމު ރައީސް ޞާލިހުގެ އަރިހުގައި ހުންނެވި ނަމަވެސް، އޭނާގެ ހަގީގީ ތާއީދު އޮތީ ޤާސިމަށް ކަމަށެވެ. އަދި ޤާސިމް ނޫން ބޭފުޅަކަށް ސިޔާމު ވޯޓު ވެސް ނުދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށް ޤާސިމް ވިދާޅުވި އެވެ. 

ރައީސް ޞާލިހު ސިޔާމާއި ސަލާންކުރައްވަނީ

"އެބޭފުޅުން އެތާ ތިއްބެވީ، ނަމުގައި އިބްރާހިމް މުހައްމަދު ޞާލިހުގެ ކައިރީގައި މަލަމަތި ދައްކައިގެން. އަޅުގަނޑު ކައިރީގައި ވިދާޅުވެފައި އޮތީ ތިމަންނާމެން މިތާ ތިއްބަސް ނުބަލާށޭ، ވޯޓު ލާނީ ޤާސިމަށޭ"

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް 

ޤާސިމް ވިދާޅުވީ ސިޔާމާއި އޭނާއަށް ތާއީދުކުރައްވާ އެންމެންގެ ވޯޓު ރައީސް ޞާލިހަށް ލިބިވަޑައިގަންނަވާނެކަމަށް ރައީސް ޞާލިހު ހީފުޅުކުރައްވާ ނަމަ އެއީ ވަރަށް ބޮޑު ކުށް ހީ އެއް ކަމަށެވެ. ސިޔާމު ގެންދަވަނީ އޭނާގެ ތާއީދު އެންމެ ބޮޑު އަތޮޅުކަމަށްވާ ދ އަތޮޅުގެ ރައްޔިތުންގެ ގާތުގައި ޤާސިމަށް ވޯޓުދެއްވުމަށް އިރުޝާދުދެއްވަމުން ކަމަށް ޤާސިމް ވިދާޅުވި އެވެ. 

ސިޔާމާއި ޤާސިމާއި ދެބޭފުޅުންގެ ހަމައެކަނި ތަފާތަކީ ސިޔާސީ މަސައްކަތްޕުޅު ކުރުމުގައި ގެންގުޅުއްވާ އުކުޅުތަކުގެ ތަފާތުކަމަށް ޤާސިމް ވިދާޅުވި އެވެ.

އެގޮތުން ސިޔާމު މަސައްކަތްޕުޅު ކުރައްވަނީ އެއިރެއްގައި އޮންނަ ސަރުކާރެއް ރުއްސައިގެން އޭނާގެ ވިޔަފާރިތަކަށް ގެއްލުންވިޔަ ނުދީ ސިޔާސީ މަސައްކަތް ކުރުމަށް ކަމަށާއި، އެހެން ނަމަވެސް ޤާސިމް މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން، ވިޔަފާރިތަކަށް ގެއްލުން ލިބުނަސް ހެޔޮކަމަށް ރައްޔިތުންގެ ހައްގުގައިކަމަށް ޤާސިމް ވިދާޅުވި އެވެ. 

އެކަން ސިޔާމަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި، ސިޔާމު ވެސް ހަގީގަތުގައި ހުންނެވީ ޤާސިމާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.