ޤާސިމް އިބްރާހީމް
ހަބަރު
25 Aug 2023 | 11:19
މިފަހަރު ރައީސް ސާލިހް ހޮވިވަޑައިނުގަންނަވާނެ؛ ޔަގީން: ޤާސިމް

ރިޔާސީ އިންތިޚާބުން މިފަހަރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ( ދެވަނަ ދައުރަކަށް ) ނުހޮވެނެކަމަށް ރާއްޖޭގައި މިހާރު ހުންނެވި އެކްޓިވްކޮށް އެންމެ ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ތާއީދު އޮންނަ ނ އަތޮޅު ވެލިދޫއަށް ވަޑައިގެން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ޤާސިމް ވިދާޅުވީ އެމްޑީޕީގެ ސަޕޯޓަރުން މިފަހަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ދެއްވާނީ ކޮޅުކެއްސެއް ކަމުގައެވެ. އައްޑޫ ސިޓީއާއި ފުވައްމުލަކާއި ކުޅުދުށްފުށިފަދަ އާބަން އަދި މީހުން ގިނައިން ދިރިއުޅޭ އާބާދީތަކުން ރައީސް ސާލިހަށް ވިހި ޕަސެންޓްވެސް ލިބިވަޑައި ނުގަންނަވާނެ ކަމުގައި ޤާސިމް ވިދާޅުވިއެވެ.

ވެލިދޫގައި ޤާސިމް ކެމްޕެއިން އެއްވުން ބޭއްވި ތަނާކައިރީގައި ތިބެގެން އެމްޑީޕީގެ ސަޕޯޓަރުން ބާރަށް ކެމްޕެއިން ލަވަ ޖަހަމުންދަނިކޮށް ޤާސިމް ވިދާޅުވީ އެއީ ދައްކާލާ ކުލަވަރެއްކަމަށެވެ. އެމްޑީޕީގެ ރައްޔިތުންވެސް ހިތުގެ އަޑިން ސާލިހަށް ވޯޓްނުދޭނެ ކަމަށެވެ.

" އެއީ ( ވޯޓް ނުދިނުން ) އެއީ އެމީހުންދޭ ކެއްސެއްނޫން. އެއީ ވަރަށް ބޮޑު ނިއުމަތެއް ރައްޔިތުން ވޯޓްނޭޅުން"

ރައީސް ސާލިހް މިފަހަރު ހޮވިވަޑައިނުގަންނަވާކަން ޚުދު ސާލިހަށްވެސް އެނގިވަޑައިގަންނަވާކަމުގައި ޤާސިމް ވިދާޅުވިއެވެ.

" ހަގީގަތުގައިވެސް އިބްރާހީމް މުހައްމަދު ސާލިހަށް މިފަހަރު ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ ރައްޔިތުން އެމަނިކުފާނަށް ވޯޓްނާޅައި ނުހޮވައި އެމަނިކުފާނު ސަލާމަތްކުރުން. އޭރުން ދައުލަތުން އެމަނކުފާނު ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދީ ބަލަހައްޓާނެ، އިތުރު ކުށެއްކޮށްފައި ނެތްކަމަށް ވަންޏާ. އެއަށްވުރެ މުހިއްމު އެއްވެސްކަމެއް ދިވެހި ރައްޔިތުންނަށް އެމަނިކުފާނަށް ކޮށެއްނުދެވޭނެ"

ޤާސިމް ވިދާޅުވީ ރައީސް ސާލިހް ގާނޫން އަސާސީއާ އެތައް ތަނަކުން ޚިލާފްވެއްޖެ ކަމަށެވެ. އޭގެ މިސާލުތަކަކަށް ނެންގެވީ ޗާގޯސްގެ މައްސަލާގައި އަމަލުކުރައްވާފައިވާ ގޮތާއި ފޮނުއްވި ސިއްރު ސިޓީފުޅާއި އިންޑިއާ ސިފައިން ރައްޖޭގައި ބަތިއްބާފައި ތިބުމެވެ.

ނ އަތޮޅަކީ ސަންޓްރެވަލް ޝިޔާމްގެ ތާއީދު ކުރިން އޮތް ސަރަހައްދެއްކަށްވިޔަސް ޤާސިމް ވިދާޅުވީ ޝިޔާމް ކޯލިޝަން ހައްދަވާ ޕާޓީއެއް ކޮންމެ ފަހަރަކުވެސް ދަނީ ފޭލްވެގެންނެވެ. އޭގެބަދަލުގައި ޖޭޕީން އިންތިޚާބުގައި ވާދަކޮށް ބަލިވުމުން ނިކަމެތިކަމާއެކު އިސްދަށަށް ޖަހައިގެން ގޭގައި ފިކުރުކުރަން ތިއްބައި އެހެންޕާޓީތަކުން ބައިހަދާފައި ކޯލިޝަން ހަދަން ބޮޑެތި ހުށަހެޅުންތައް ހިފައިގެން ގޮސް ކޯލިޝަން ހަދައިގެން ނުކުމެ ވެރިކަން ލިބުމާއެކު ކަންފަތުގައި ހިފައި ހޫރާލަނީކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ކޮށި ވިސްނުމާއި ގޮފަޅުކަމުން މިވާގޮތަކީ ސަރުކާރު ފަށައިގަންނަތަނުން ގާނޫން އަސާސީއާއި ގާނޫން ތަކާއި ޚިލާފްކަންތައްތަކެއް ސަރުކާރުން ފަށައިގަންނަނީ. ގާނޫނާ ޚިލާފަށް ކޮރަޕްޝަންގެ ކަންތައްފެށުނީމާ، އަޅުގަނޑު އެކަމާދެކޮޅަށް އެއްޗެއް ބުނީމާ ސަރުކާރުން އަޅުގަނޑުމެން ދެކެ ރުޅިއައިސްގެން ކަންފަތުގައި ހިފާ ހޫރާލަނީ.

އިންތިޚާބާ ދިމާކޮށް ނެގެމުންދާ އެކިއެކި ޕޯލްތަކުން ދައްކާގޮތުން ސާލިހްގެ ޕޮޕިއުލަރިޓީ ފެންނަނީ އިންތިޚާބު ކާމިޔާބުކުރެވޭވަރަށްވުރެ ދަށްކޮށެވެ. އެކަމަކު ރައީސް ސޯލިހް ވިދާޅުވަމުން ގެންދަވަނީ އަދާލަތު ޕާޓީއާއި ސަންޓްރެވަލް ޝިޔާމާއެކު އެއްބުރުން އެމަނިކުފާނު މިއިންތިޚާބު ކާމިޔާބުކުރައްވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.