ގާސިމްގެ ކެންޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ހަބަރު
27 Aug 2023 | 10:49
އަޅުގަނޑު އަތު ބައިތުލް މާލުގެ ތަޅުދަނޑިވެސް އޮތް؛ އެއިން ލޯލާރިއެއްގައި ވެސް ޖެހިފައި ނޯންނާނޭ: ގާސިމް

އެމްއެމްއޭގެ ގަވަރުނަކަމާއި ގައުމީ ބައިތުލް މާލުގެ ތަޅުދަނޑި އޮތް ދުވަސްވަރެއްވެސް ދިޔަކަމަށާއި، އޭގެން ލޯލާރިއެއްގައިވެސް ޖެހިފައި ނޯންނާނެކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް އދ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ވެރިކަން ކުރާ ރަށް، މަހިބަދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް، މީހަކު ވެރިކަމަށް އިންތިހާބު ކުރާއިރު ބަލަނީ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ "ޓްރެކް ރިކޯޑަށް" ކަމަށެވެ. އެގޮތުން، ވެރިމީހާ އިންތިހާބު ކުރަނީ، މާޒީގައި ގައުމަށް އެންމެ ރަނގަޅު ޚިދުމަތެއް ކޮށްދެއްވާފައި ވަނީ ކާކުތޯ ބަލައި، އޭގެ މައްޗަށް ބިނާކޮށް ވޯޓުލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ގާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަން ފިޔަވައި އެހެން ހުރިހާ މަގާމެއްގައި ހެން އޭނާ މަސައްކަތް ކުރައްވާފައިވާ ކަމަށާ އެހެން ނަމަވެސް، މާޒީގައި އެ އަދާކުރި އެއްވެސް މަސައްކަތެއްގައި ޚިޔާނާތެއް ވެފައި ނުވާނެ ކަމަށެވެ. 

ސެންޓްރަލް ބޭންކުގެ ގަވަރުނަރު ކަމާއި، މިނިސްޓަރު ކަމާ. ދެކަންވެސް. ދައުލަތުގެ ޚަޒާނާއާއި، ލާރި ހިފަހައްޓައިގެން ތިބި ތިޖޫރީ ތަޅުދަނޑި. ހުރިހާ އެއްޗެހި އަޅުގަނޑު އަތުގައި. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް ކަމާ. އެންމެ ފަޅި ލާރިއެއް ގައި ޖެހިގެންވެސް އަޅުގަނޑާ ސުވާކު ކޮށްލެވުނުތޯ؟ ތިން އަހަރު ދުވަހުގެ ދިގު މުއްދަތުގައި ހުރި އިރު. މިއީ ކުޑަ ކަމެއް ތޯ؟ 

ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ ވެރިކަން ލިބިވަޑައިގެންނެވުމުން، އެ ވެރިން ކޮށްދޭ ކަންކަމަކީ އެބޭފުޅާގެ ކިބާގައި ހުންނަ މުރުއްވަތްތެރި ކަމުން ކޮށްދޭ ކަމެއް ނޫން ކަމަށެވެ. އެހެނީ ވެރިމީހާ ކަންކަން ކޮށްދެނީ ރައްޔިތުންގެ ފައިސާއިންނާއި، ބޭރު ގައުމުން ނަގާ ދަރަނިން "އެއްބައި ޖީބަށް ލާފައި" ދެން ހުންނަ ފައިސާއިން ކަމަށް ގާސިމް ވިދާޅުވި އެވެ. 

އެހެންނަމަވެސް އޭނާގެ ވެރިކަން ބައްޓަންކުރާނީ އިގްތީޞާދީ ތަބުތައް ވަރުގަދަކޮށް ދަރަނިކުޑަކޮށް ހުރިހާ ރައްޔިތުން ނަފާލިބޭނެ އިޤްތިޞާދެއް ބިނާކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.