ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިލިފުށީގައި. ފޮޓޯ: އެމްޑީޕީ
ހަބަރު
27 Aug 2023 | 12:26
ވިލިފުށީގައި ހޮސްޕިޓަލާއި އެއަރޕޯޓު އަޅަން ވައުދުވީ އަޅުގަނޑުމެން، އެވަޢުދު ފުއްދާނީވެސް އަޅުގަނޑުމެން: ރައީސް ޞާލިޙް

ތ ވިލުފުށީގައި ހޮސްޕިޓަލަކާއި އެއަރޕޯޓެއް އަޅަން ވަޢުދުވީ އެމްޑީޕީ އިން ކަމަށާއި، އެވަޢުދު ފުއްދާނީވެސް އެމްޑީޕީ ސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ތ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ތ ވިލުފުއްޓަށް ވަޑައިގެން އެރަށުގައި އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ވިލުފުށީގެ ރައްޔިތުންގެ ކަންބޮޑުވުންތައްކެއް ހުރިކަން އެމަނިކުފާނު ދެނެވަޑައިގަންނަވާ ކަމަށާއި، އެއަރޕޯޓާއި ހޮސްޕިޓަލުގެ ވާހަކައަކީ ކަންބޮޑުވުމާއި އެކު ދައްކަވާ ވާހަކައެއް ކަމަށެވެ.

"ކޮން ސަރުކާރަކުން ކާކަށްތޯ ކެރުނީ ވިލިފުށީގައި ހޮސްޕިޓަލަކާއި އެއަރޕޯޓެއް އަޅަން، ކިތައް ވެރިން އަތުވެއްޖެތޯ، މިރަށް އޮތެއްނޫންތޯ، އެވަޢުދުވީ އަޅުގަނޑުމެން، އިރާދަކުރެއްވިއްޔާ އެވަޢުދު ފުއްދާނީވެސް އަޅުގަނޑުމެން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުވަނީ ކުވައިތް ފަންޑުގެ ދަށުން ހޮސްޕިޓަލްގެ މަސައްކަތް ވަނީ ބިޑްކޮށް ކޮންޓްރެކްޓްކޮށް ބަޔަކާއި ހަވާޅުކުރެވިފައި ކަމަށެވެ. އެއަރޕޯޓުގެ މަސައްކަތްވެސް މިހާރު ވަނީ ފެށުމާއި ގާތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ސެޕްޓެމްބަރ 9ވަނަ ދުވަހު މި ލާވޯޓުގައި ވިސްނަންވީ ދެވޭ ވޯޓުގެ ސަބަބުން ތިމާއަށް އަންނަނީ ކޮން ބަދަލެއްތޯ، ތިމާގެ ރަށަށް އަންނަނީ ކޮން ބަދަލެއްތޯ އަދި މުޅި ޤައުމަށް އަންނަނީ ކޮން ބަދަލެއްތޯ ވިސްނަން ޖެހޭ ކަމަށެވެ.

މިއަދު ވިލުފުށީގައި ރައީސް ދެއްކެވި ވާހަކަފުޅު ފައްޓަވަމުން ވަނީ އިދިކޮޅު ޕީއެންސީ ޕީޕީއެމް ގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޑީޕީއަށް ގިނަ ދުވަސްތަކެއްވަންދެން ޚިދްމަތް ކޮށްދެއްވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރައީސް އާއި އެކު ނެތުމުން ހިތާމަ ކުރައްވާ ކަމަށާއި އަލުން އަފީފް އެމްޑީޕީއަށް އައުމަށް ރައީސް ޞާލިޙް ވަނީ ދައުވަތު ދެއްވައިފައެވެ. އަދި އަފީފަކީ ޚިދްމަތް ތެރިއެއް ކަމަށާއި އަދިވެސް އެމްޑީޕީގެ ކުރީ ސަފުން އަފީފު ފަދަ ބޭފުޅުންނަށް ޖާގަ ލިބޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ތ އަތޮޅަށް ރައީސް ކެމްޕޭނު ދަތުރުފުޅު ފައްޓަވައިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.