ޑރ މުހައްމަދު މުއިއްޒު
ހަބަރު
27 Aug 2023 | 15:08
މުއިއްޒުގެ ވެރިކަމެއްގައި ނަޑެއްލާގެ ރައްޔިތުންނަށް ބޮޑު ބަނދަރެއް!

ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ގދ ނަޑެއްލާގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގާނެ ކަމަށާއި، އޭގެ ތެރެއިންވެސް ހާއްސަ އިސްކަމެއް ދީގެން އެރަށަށް ރާޅު އަރާ މައްސަލައަށް ހައްލެއް ގެނެސް އެ ރަށުގައި ބޮޑު ބަނދަރެއް ތަރައްގީކޮށް ދެއްވާނެ ކަމުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނަޑެއްލާއަށް މިއަދު ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް އެރަށަށްވެސް ގިނަ ކަންތައް ކޮށްދެއްވާނެ ކަމަށާއި އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ރާޅު އެރުމާއި ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.

ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށް ބޮޑު ބަނދަރެއް ހަދައިދޭނަން. އަދި ހަމައެއާއެކު ރަށަށް ރާޅުއަރާ މައްސަލަ ބޮޑު ހިލަ ޖަހައިގެން ހިމާޔަތްކޮށްދޭނަން. މި ދެމަޝްރޫޢު ކުރިޔަށް ގެންދާނީ އެކުުއެކީގައި

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން މުއިއްޒު ވަނީ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ސަރުކާރުން ފެނިގެން ދާނީ ރައްޔިތުންގެ އަޑު އަހައި، އެ އެހުންތަކަށް އިޖާބަދޭ މަންޒަރުކަމުގައި ވިދާޅުވެފައެވެ. 

ނަޑެއްލާއަކީވެސް ޒުވާނުން ތިބި ރަށަކަށްވެފައި ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ކަންތައްތަކެއް އެބަހުރިކަން ފާހަގަކޮށް މުއިއްޒުވަނީ އެކަންކަންވެސް މެނިފެސްޓޯގެ ތެރޭގައި ހިމަނާނެ ކަމަށް ވިދާޅުވެފައެވެ. 

އަދި އެ ރަށުގެ ސިއްޚީ މަރުކަޒުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްދީ އެ ސިއްޚީ މަރުކަޒު ތަރައްޤީ ކުރުމުގެ ގޮތުން،ފެންވަރު ރަނގަޅުކޮށް ވޯޑަކާއި އޮފީސް ބައެއް އިތުރުކޮށްދޭން މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ. 

މީގެ އިތުރުންވެސް ނަޑެއްލާ ސްކޫލުގައިވެސް މަލްޓީ ޕާޕަސް ހޯލަކާއި ކްލާސްރޫމްގެ އިތުރުން ސްޓާފް ރޫމަކާއި ލައިބްރަރީއެއް އަޅައިދޭނެ ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ގދ އަތޮޅަށް ޑރ މުއިއްޒު އާއި ކެމްޕެއިން ޓީމުން ކުރަމުން ގެންދާ ދަތުރުގައި އެ އަތޮޅުގެ ރަށްތަކުން ހޫނު ތަރުޙީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް