ގާސިމް އިބްރާހިމް--
ހަބަރު
28 Aug 2023 | 09:14
އަސާސީ ޚިދުމަތްތައް އަތްނުފޯރާ ހިސާބަށްގޮސް، ގައުމު މިވަނީ އަނދަވަޅަކަށް ވެއްޓިފައި: ގާސިމް

އަސާސީ ޚިދުމަތްތަކުގެ އަގު، އަތްނުފޯރާ ހިސާބަށް ގޮސް، ދިވެހި ގައުމު އަނދަވަޅަކަށް ވެއްޓިގެން ގޮސްފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް އަރިއަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އއ. މާޅޮހުގެ ރައްޔިތުންނާއި ގާސިމް ބައްދަލު ކުރައްވާފައި ވާއިރު، އެ ބައްދަލުވުން ފެއްޓެވުމުގެ ކުރިން ރައްޔިތުންގެ ހާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު މާޅޮހު މަޖުދީ ނިޔާވުމާއި ގުޅިގެން ހަމަހިމޭން ކަމުގެ ސްކޫތެއް ވަނީ ގެންނަވާފައެވެ. 

ގާސިމް މާޅޮހަށް ވަޑައިގެންނެވުން--

އަދި ގާސިމް އިބްރާހިމް ވަނީ މަރްޙޫމު މަޖުދީގެ ހިދްމަތްތަކުގެ ޒިކްރާއާކުރައްވާ މަޖުދީގެ ފުރާނަފުޅަށް ރަހްމަތްލެއްވުން އެދި ދުއާކުރައްވާ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

މާޅޮހުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ ގައުމުގެ މިއަދުގެ ހާލަތަށް ބަލާއިރު އެންމެ އަސާސީ ހިދްމަތްތަކުގެ އަގުވަނީ ރައްޔިތުން އަތްނުފޯރާ މިންވަރަށް އުފުލިފަ ކަމަށާއި އިޤްތީޞާދު ހީނަރުވެ ދަރަނި ބޮޑުވެ ގައުމުވަނީ އަދަވަޅަކަށް ވެއްޓިފައެވެ.

އެހެންކަމުން، ގާސިމް ވިދާޅުވީ މިއީ ރައްޔިތުން ތެދުވެ މިއަދަވަޅުން އަރާގަތުމަށް މަސައްކަތްފަށަންޖެހޭ ދަނޑިވަޅުކަމަށާއި އެކަން ކާމިޔާބުވާން އޮތީ އިޚުލާސްތެރި ވެރިއެއްގެ އަތުގައި ހިފައިގެން ކަމަށެވެ.

ގާސިމް ވިދާޅުވީ މިސަރުކާރުން ހެލްތު ސެކްޓަރ މުވައްޒަފުންގެ މުސާރަ ބޮޑުކުރި ގޮތް ބަޔަކު ހީހީ ބަލިވާނެ ކަމެއްކަމަށާއި ބޮޑު މުސާރަ ލިބޭ މަގާމްތައް ކަމަށް ބުނި މަގާމްތަކުގައި މީހަކު ނެތް ކަމަށެވެ. ގާސިމް ވިދާޅުވީ ވެރިކަންކުރުމުގެ ފާލުން ނެއްޓި ހޫރެންފެށީމާ އަގުރުއަލިފާނަށް ވެއްޓެންދެން ބަލަން ނުތިބެވޭނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންނަށް ވަރަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަހަޅާފައިވާނެ ކަމަށާއި އޭގެ އިތުރުން ކޮންމެ ރަށަކަށްވެސް އެރަށެއްގެ ރައްޔިތުން އެދޭ އެންމެ މުހިންމު 5 ކަމެއް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.