އިމްތިޔާޒް ފަހުމީ: ފޮޓޯ/ ދައުރު
ހަބަރު
28 Aug 2023 | 10:26
ރައީސް ޞާލިހަކީ 2018 ވަނަ އަހަރުގެ ބަދަލު ކުޅުންތެރިއެއް: އިމްތިޔާޒް

ބަދަލު ކުޅުންތެރިނަންނާއެކު ނިކުމެ ދަ ޑިމޮކްރެޓްސްއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ޞާލިހް ބުނަމުންދާއިރު، ޚުދު އެ މަނިކުފާނަކީވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުތް ބަދަލު ކުޅުންތެރިއެއްކަމުގައި ވިދާޅުވެ ދަ ޑިމޮކްރެޓްސް ގެ އިންތިހާބީ ތައުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ހޫނު ބަހުގެ ހަމަލާތަކެއް ރައީސް ޞާލިހަށް އަމާޒުކުރައްވައިފިއެވެ. 

ޑަ ޑިމޮކްރެޓްސް ގެ ރިޔާސީ ކެނޑިޑޭޓް، އިލިޔާސް ލަބީބްގެ ވެށިފަހި މާލެ - މާލެ ވިޝަން އިފްތިތާހްކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒު ވިދާޅުވީ، ވެރިކަމެއް ނިމުމަށް ދާއިރު ފެންނާނެ ގިނަ އަލާމާތްތައް މިހާރު މި ވެރިކަމުން ފެންނަމުންދާކަމަށެވެ. އޭގެ ހެއްކެގެ ގޮތުގައި އިމްތިޔާޒު ދެއްކެވީ، ރައީސް ޞާލިހަށް ތިމާއަކީ ކާކުކަން ނޭނގޭ ހިސާބަށް ކަންތައް ދިއުންކަމުގައި ވިދާޅުވެފައެވެ.

ބަސްފުޅެއް ވިދާޅުވާއިރު ތިމާއަށް ތިމާއަކީ ކާކުކަން ނޭނގޭ ހިސާބަށް ހާލަތު ގޮއްސިއޭ، އެއީ ވެރިކަން ނިމެންދާ ދިއުމުގައި އަސްލު އޭގެ ކުޑަ ކުޑަ މިސާލުތައް އެހުންނަނީ

އިމްތިޔާޒް ފަހުމީ

މީގެ އިތުރުން ރައީސް ޞާލިހްގެ ކެމްޕެއިން ޖަލްސާއެއްގައި އެންމެ ބޮޑު މައްސަލައަކީ ވެރިކަމަށް އާދެވުނު ގޮތް ހަނދާންނެތުން ކަމުގައި ވިދާޅުވެ ދައްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވައި އިމްތިޔާޒް ވިދާޅުވީ، އެހެން ވިދާޅުވާ ވިދާޅުވުމަކީ ތިމާއަކީ ކާކުކަން ތިމާއަށް ނޭނގުންކަމުގައެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެ ޕާޓީ ރޫޅި އުފެދުނު ދަ ޑިމޮކްރެޓްސް އިންވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަމުންދާއިރު ދެ ޕާޓީންވެސް އެއް ބަޔަކު އަނެއްބަޔަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.