އެންބޯ މަޑިއެއްހެން ދުރަށްފެންނަ ހަނިމާދޫ އެއާޕޯޓް
ރިޕޯޓް
28 Aug 2023 | 12:14
އަލަށް އަޅާ ހަނިމާދޫ އިންޓަރަނޭސަނަލް އެއާޕޯޓް: އިވުނު އަޑާއި ދުއްތަން

މީގެ 3 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ އެންމެ އުތަރަށް ފުރަތަމަފަހަރަށް ދަތުރެއްކުރީމެވެ. ހއ ގެ ރީތިކަމާއި، ނަލަކަމުގެ ވާހަކައަކީ ގަދަ އަޑެކެވެ. ފޮޓޯތަކާއި، ވީޑިއޯތަކުން ޗާލުކަން ޔަގީންކޮށްދެއެވެ.

ތިން އަހަރު ކުރިން ކުރިދަތުރުން ފެނުނީ ހއ އަތޮޅުގެ ނަލަކާމާ ޗާލުކަމެވެ. ނަމަވެސް އެއަތަޅުގެ މައި ދޮރާށި ފެނުނީ ޒަމާނަށް ނުފެތޭ ވީރާނާވެފައިވާ ތަނެއްގެ ގޮތުގައިއެވެ. ހިދުމަތުގެ ފެންވަރުދަށްވެ، ފޯނު ޗާޖް ކުރަން ހުރި ކަރަންޓް ޕްލަގްގަނޑު ހަލާކުވެ ސޮކެޓް ގަނޑުގައި ޓޭޕް އަޅާފައި ހުރި ތަނެވެ. ދަތުރުވެރިނަށް ލިބިދޭންޖެހޭ އެތަށް އާދައިގެ ހިދުމަތެއް ނުލިބި ހުރިތަނެވެ. ފްލައިޓްތައް ޑިލޭވެ ހެނދުނު ފުރަން އައިމީހުން ރޭގަނޑަށް ފުރުނުތަނެވެ.

އަހަންނަކީ މާ ގިނަ ތަންތަނަށް ނުކުމެ ހަދާ އުޅޭ މީހެއް ނޫމެނޫނެވެ. ނަމަވެސް އޮފީހުގައި ފޫހަރާލައިގެން އިންދާ 136 މިލިއަން ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ހަދަން ހަވާލުކޮށްފައިވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާތަން ބަލާލަންދާ ލިބިއްޖެއެވެ.

އަރާއިން ފްލައިޓް މިއޮތްގެން ގޮސް ހަނީމާދުއަށް ޖައްސަން ކައިރިވަނީއެވެ. ހިތާހިތުން ކިހާވަރަކުން ދާނެބާއޭ ކިއާލަ ކިއާލަ އިނީމެވެ. އެހެން ވެދާންނުންތޯއެވެ. ގައުމުގައި ހިގަމުންދާ ތަރައްގީގެ މަޝްރޫއޫތަށް ލަސްވާ ވާހަކަޔާ، ބައެއްޕްރޮޖެކްޓްތަކުގައި އުވައޮޑީގައި ސިމެންތިގަށައި ދޮލަގުގައި ސިމެންތި އަޅާ ވާހަކަތަށް ރަށުތެރޭ ގިނަވެފައިވާތީއެވެ.

މަތިންދާ ބޯޓްގަނޑު ތިރިކުރަމުންދާ ވަރަކަށް މަންޒަރުތަށް ކުލަވާންފަށައިފިއެވެ.

އާދެ. އެއްކަލަ ވަށައިގެންވާ ރީތި މޫދެވެ. ދެންއޮތީ އެއްބަޔާހަމަޔަށް އަޅާފައިވާ ރަންވޭގެ ބައެކެވެ. ސުވާލުތަކުން ސިކުނޑި ފުރާލާފިއެވެ. އެހެންވާނެއްއެނޫތޯއެވެ. ރަށު މީހުން މިދައްކާ ވާހަކައިން އަހުރެންވާ މިހުރީ ހިތް ގޯސްވެފައެވެ.

ބޯޓުން ފޭބުމަށްފަހު އަހުރެންނާއި، އަހުރެންގެ ރައްޓެހި ނޫސްވެރިން މަސަތްކައް ބަލަން ނުކުމެއްޖައީމެވެ. ފުރަތަމަ ދިޔައީ މިބުނި ބައިގަޑަކަށް އާޅާފައި އޮތް ރަންވޭ މައްޗަށަވެ. ޖޭއެމްސީގެ އިންދިރާ ސިންގްގެ ވާހަކައިން އެގުނީ މި މަސްރޫއަކީ ބުރަ އަދި ގޮންޖެހުން ބޮޑު ޕްރޮޖެކްޓެއްކަމެވެ. ބައިގަނޑަކަށް އަޅާފައި މިއޮތީ 2،465 މީޓަރުގެ ރަންވޭގެ އެއްބައްކަމަށެވެ. މުޅި ރަންވޭ އަޅަނީ ތިންބަޔަކަށް ބާހާލައިގެންނެވެ. އެއީ މިހާރުވެސް ހަނިމާދު އެއާޕޯޓަކީ ފުލް ކެޕޭސިޓީގައި ބޭނުންކުރަމުންދާ ތަނަކަށްވެފައި މިހާރު ބޭނުންކުރަމުންދާ ރަންވޭ އޮތީ އަލަށް އަޅާ ރަންވޭގެ މެދުގައިކަމަށްވާތީއެވެ.

އައު ރަންވޭގެ ބޮޑުބައެއްގެ މަސައްކަތް ކުރިއަށްދަނީ

އެންބޯ މަޑިއެއްހެން ދުރަށްފެންނަ ޕެސަންޖަރ ޓާމިނަލް ބެލިއްޖެއެވެ. އެތަނުން އަހަރަކު 1.3 މިލިއަން މީހުނަށް ހިދުމަތްދެވޭނެއެވެ. ބެގޭޖު ބެލްޓުތަށް މަދުނުވާވަރަށް ހުންނާއެވެ. އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރުވެރިންނަށް ވަކިވަކިން ނުކުމެވޭނެ ފަސޭހަ ދޮރާށިތަކެއް ހުރެއެވެ. އަދި އެވެރިންގެ ފޮށިތަންމަތި ނޯޅެނެގޮތަށް ވަކިން ހޭންޑްލް ކުރެވޭނެއެވެ. ބޮޑު ޗެކިން ހޯލަކާ ވީވީއައިޕީސް އަށް ހާއްސަ ޓާމިނަލެއްވެސް ގާއިމްކުރެވޭނެއެވެ އަދި މުޅިން އަލަށް އަޅާ ޒަމާނީ ސީޕްލޭން ސަރަހައްދެއް އޮންނާނެއެވެ.

ރަންވޭ އެއަޅަނީ ވެލާނާ އެއާޕޯޓުގައި ޖެއްސި ކަހަލަ އޭ 320 އަދި ބޮއިން 737 ބޯޓުތަށް ޖެއްސޭނެހެނެވެ. އެ ބޯޓްތަކަށް އަޅާނެ 1.6 މެޓްރިކް ޓަނުގެ ޖެޓް ފިއުލް ފާމެއް އެޅިގެންދާނެއެވެ. ބޯޓްތަށް މަރާމާތު ކުރުމަށްޓަކައި ޒަމާނީ ހެނގަރެއްގެ އިތުރުން ބޯޓްތަށް ޕާކްކުރާނެ ދެ އޭޕްރަން ހުންނާނެއެވެ.

އާރުއޭސީއެލްގެ ވިސްނުން: ކޮލިޓީ ކޮމްޕުރޮމައިސް ނުކުރުން

ހަލުވި ދުވެލީގައި ކުރިއަށްދާ ހދ ހަނިމާދޫ އާ އެއާޕޯޓް އެޅުމުގެ މަސްރޫއަކީ ރާއްޖޭގެ އަތޮޅެއްގައި ކުރިއަށްދާ އެންމެ ބޮޑު ތަރައްޤީގެ މަސައްކަތެވެ. އަދި މިއީ ސަރަހައްދުގެ ތަރައްޤީއަށް މުހިންމު، އަވަހަށް ބޭނުންވާ ޕްރޮޖެކްޓެކެވެ. މި ސައިޓުން އަހަންނަށް ފެންނަނީ ޖޭއެމްސީން ރޮކެޓް ސްޕީޑުގައި ހުޅުމާލެގައި އަޅަމުންދާ ފްލެޓްތަކުގެ ވެސް ސްޕީޑެވެ. އަވަހެވެ. ހަމައެއާއެކު ރީޖަނަލް އެއާޕޯޓުން ތިބީ ފެންވަރު ގެއްލޭގޮތައް މަސައްކަތް ކުރުމަށް ފުރުސަތުދޭގޮތައް ނޫންކަންވެސް ފެނުނެވެ. އެ ޔަޤީންކަން މި ޓުވާގައި ބައިވެރިވި އެއާޕޯޓުގެ އިސްވެރިންވެސް ދެއްވިއެވެ. އަދި އެކަން އަހަންނާއެކު ބައިވެރިވި ނޫސްވެރިންނަށްވެސް ފެނިފައިވެއެވެ.

އެއާޕޯޓް މަސައްކަތު ސައިޓު

ރީޖަނަލް އެއާޕޯޓުން ދެއްވި ޔަގީންކަމަކީ ޕްރޮޖެކްޓް ނިމޭއިރުވެސް ތަންހުންނާނީ ޒަމާނީ ސްޓޭންޑަށްކަމަށެވެ. ޖޭމްސީގެ އަމާޒަކީވެސް އެއީވެ. މާނައަކީ އުވައޮޑީގައި ސިމެންތި ގަށާ ދޮލަގުގައި ސިމެންތި ނާޅާނެއެވެ. އަޅަމުންދާ ނަލަ އަދި ޗާލު އެއާޕޯޓް އަޅަމުންދާނީ ރައްޔިތުންނަށް ޔަގީންވާ ކޮލިޓީގަކަމަށެވެ.

ބަލަންހުރި ތަންތަށް ބާލާނިމިއްޖެއެވެ. ކުރި ހުރިހާ ސުވާލަކަށް އެބޭފުޅުން ޖަވާބުދިނެވެ.

އާންމުންގެ އަދި ހދ އަތޮޅުމީހުންގެ އެންމެ ބޮޑު ސުވާލަކަށްވާނީ، މި މަޝްރޫއު ނިމޭނީ ކިހާދުވަހަކުން ބާއެވެ. މުއްދަތަށް ނިމޭނެބާއެވެ. މިތަނުން އިވުނުއަޑާ ދުއްތަން ވަރަށްވެސް ތަފާތެވެ. ކޮލީޓީ ހިފަހައްޓަން އާރުސީއެލް އޮތީ ތަންކޮޅެއްވެސް ދޫދޭ ގޮތަކަށް ނޫނެވެ. ޕްރޮޖެކްޓްގެ ސްޕީޑް އޮތީ ތާވަލަށްވުރެން ކުރީގައެވެ

އެއާޕޯޓުގެ މަސައްކަތް އޮތީ ތާވަލަށްވުރެ ކުރީގައި ކަމަށް ރީޖަނަލް އެއާޕޯޓުން މައުލޫމާތުދޭ

50 ޕަސެންޓަށް ވުރެން ބޮޑުބައި ވަނީ ނިމިފައެވެ. އެހެންކަމުން 2024 ވަނަ އަހަރު އޮކްޓޫބަރ އަށް ނިންމާލެވޭނެއެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. ރައްޔިތުންނަށް ވާނީ ކޮން ފައިދާއެއްބާއެވެ. މިހާރުވެސް އާރްސީއެލްގެ ހުރިހާ މުވައްޒަފުނަކީވެސް ދިވެހިންނެވެ. އާ އެއާޕޯޓާއެކު ހާހަކަށްވުރެ ގިނަ ވަޒީފާ އުފެދޭނެއެވެ. އަދި އެއާއެކު އެ ސަރަހަދުގެ ހުރިހާ ރައްތަކަށް އިގްތިސާދީ ކުރިއެރުން ލިބިގެންދާނެއެވެ. އާރުސީއެލް އަމާޒަކީ އެއާޕޯޓަށް އެ އަތޮޅުން މުވައްޒަފުން ނެގުމެވެ.

އާ އެއާޕޯޓާއެކު އަދި އިތުރުކަމެއް ފުރިހަމަވާންޖެހެއެވެ. އެއީ ހދ އަދި ހއ އަތޮޅުގެ ޓުއަރިސްޓް އެނދުގެ އަދަދު އިތުރުވާންޖެހެއެވެ. ދުވާލަކަށް ހަނިމާދޫ އެއާޕޯޓަށް އަންނަ 200 މީހުގެ އަދަދު 900 އަށްވުރެން މަތިވެގެން ނޫނީ އެއާޕޯޓްގެ ފުރިހަމަ ފައިދާ ރައްޔިތުންނަކަށް ނުވަތަ އާރުސީއެލް އަކަށް ނުކުރާނެއެވެ. މިހާރު އެސަރަހައްދުގެ އެދުތަކުގެ އަދަދު އުޅެނީ 1500 ގައެވެ. އެއީ ހއ އަދި ށ އަތޮޅުވެސް ހިމަނައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ